އެދުވަހުގެ ޙަމަލާއަކީ ދިވެހި ތާރީޚުގައި އަދި މިހާތަނަށް
ފާހަގަ ކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ޙަމަލާ.
އެދުވަހު ގާތްގަނޑަކަށް އަށާރަ ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ
މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުން. އޭގެ
ތެރޭގައި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ އައްޑިހަ
މީހުން ހިމެނުނު. އެބައިމީހުން އެދުވަހު ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި
ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކާ. އެދުވަހުގެ ނުރައްކާތެރި ޙަމަލާގައި
ނަވާރަ ދިވެހި ދަރީން ޝަހީދުވެގެންދިޔަ. އެއީ ކުށެއްނެތް ޢާންމު ރައްޔިތުންގެ
އެގާރަ މީހަކާއި ސިފައިންގެ އަށް
ބޭކަލެއް.
ނޮވެމްބަރ ތިނެއް ގެ ޢުދުވާނީ ޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް
ޤައުމުތަކެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް.
އެހެން ނަމަވެސް ދިވެހި ސަރުކާރުން އަސްކަރީ އެހީއަށް އެދުވަހު އެދުނީ އިންޑިޔާ
ސަރުކާރުގަ. އެހެންކަމުން ވަރަށް އަވަހަށް އިންޑިޔާ ސަރުކާރުގެ އަސްކަރީ އެހީ
ރާއްޖެއަށް ވަނީ ލިބިފައި. ކުލީ ސިފައިން ވެރިކަން ބަދަލުކުރުމަށް ޙަމާލާދޭން
ފެށިތާ ގާތްގަޑަކަށް ސަތާރަ ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ
ސޯޅަ ސަތޭކަ މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށި.
އިންޑިޔާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު، ހަނގުރާމަ ވަނީ މައިތިރިވެފައި. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހުނު. ނަމަވެސް ބާޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން މާލޭގެ ބަނދަރުގައި އޭރު އޮތް މުދާ އުފުލާ ބޯޓެއްކަމުގައިވާ "ޕްރޮގްރެސް ލައިޓް" ގައި ފުރައިގެންދަނިކޮށް އެމީހުން އަތުލައިގަތީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން. ބާޣީން "ޕްރޮގްރެސް ލައިޓް" ފުރައިގެން ދިޔައިރު އެތަކެއް ދިވެހީންނެއް ރަހީނުންގެ ގޮތުގައި ދިޔައީ ގޮވައިގެން. އޭގެތެރޭގައި އޭރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގެންނެވި. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްލާފައި.

ގާތްގަޑަކަށް އަށާރަ ގަޑިއިރުވަންދެން ދިވެހި
ސިފައިން ބާޣީންނާއި ހަނގުރާމަ ކުރަމުން ގެންދިޔައީ އޭރުގެ ފެންވަރުން އެންމެ
ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި
ސިފައިން ބޭކަލުންތަކެއް ޝަހީދު ވެގެން ދިޔައިރުވެސް ދިވެހި ސިފައިން ދެމިތިބީ
އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި
އަމާނާތްތެރިކަމާއެކީގަ.
ނަޞްރުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރު
އަޅުގަނޑުމެންނަށް ކުރިމަތިވި އުދުވާނުގެ މަތިން ހަނދާންކޮށް، އެބިރުވެރި ދުވަހުގެ
އިބްރަތުން އިބްރަތް ލިބިގަތުމަށާއި، ޝަހީދުވި މީހުންގެ ޒިކުރާ އާކޮށް އަދި
އެފަދަކަމެއް ކުރިމަތިވިޔަ ނުދިނުމަށް އަޒުމު ކަނޑައެޅުމަށް. އެދުވަހަކީ
ރައްޔިތުންނަށްވެސް، ރާއްޖޭގެ ސިފައިންނަށްވެސް މިޒަމާނުގެ ތާރީޚުގައި ކުރިމަތިވި
އާ ކަންތައްތަކެއް. އެދުވަހު ރާއްޖޭގެ ސިފައިން ދެއްކި ހިތްވަރާއި، ފަންވަރާއި
އަދި ޢަޒުމާއި، ކެރުމުގެ ސަބަބުން އެޝަހީދުންނަށް ހައްޤުވެގެންވަނީ ޝުކުރާއި
އައްސަރިބަސް.
އިންތިޚާބީ ތަރައްޤީގެ ކެހިވެރިކަމުގައި ޖެހިފައިވާ
ރައްޔިތަކަށް، ވެރިކަމުގެ ފަރާތުން ކަންތައްތައް ކުރާ ގޮތަކީ، ކޮބައިކަން
ފެނިދެނިވެ، އިޙުސާސް ކުރެވި، ޔަޤީންކަން ލިބެމުންދާ މިފަދަ ޒަމާނެއްގައި
ވިސްނުމުގެ ތިލަފަތުން ކިރާލާއިރު، ހިތާ ސިކުނޑިއަށް ލިބިގެންދާ ނަސްރުގެ އުފަލަކީ
ކުޑަ އުފަލެއް ނޫން.
ނޮވެމްބަރު ތިނެއް ގެ ހާދިސާއަކީ ދިވެހިންގެ ވިސްނުމާ، ކަންކަމާމެދު ދެކެމުން އައި ވަރަށްގިނަ ގޮތްތަކަކަށް
ނިމުން ގެނުވާ، އާފިކުރުތަކަކަށް ބިންގާއަޅަން މަޖުބޫރުކުރުވި ޙާދިސާއެއް. އަދި
މިއީ ހިތްވަރާ ޖޯޝާ ސާބިތުކަމާއި އެކު ޤައުމަށްޓަކައި ކުރިމަތިލާންތިބި ހަމަކޮންމެ
ފަރުދަކަށް ލިބިފައިވާ ނަމޫނާއެއްގެ އިތުރުން ނޮވެމްބަރު ތިނެއް ގެ ޙާދިސާގައި
ފުރާނައިން ޤުރުބާންވި ހަމަކޮންމެ ބަތަލެއްގެ ޢާއިލާއަކަށްވެސް ދިވެހި
ރައްޔިތުންގެ ނަމުގައި ތަޢުރީފް ރަށްދުކުރަންވީ ކަމެއް.
THEY were deceased fighting for their country. i Praise them all.
ردحذفi do not mourn my dead cousin (Shaheed Hussain Adam), who were on the main gate of police headquarter, fighting for his country, his religion and his people. im pround of his braveness.