10/08/2011

ރައީސް ނަޝީދު އިތުރުފުޅު ހެއްދެވީތޯ؟ ނޫނީ ނޭގުމެއްގެ ތެރޭގައި ޑޮކިއުމެންޓްރީ ފިލްމެއް ކުޅެވުނީބާ؟


ކެނެޑާގެ ސީބީސީ ޓީވީގެ ޕްރޮގްރާމެއް ކަމަށްވާ ޖޯޖް ސްޓްރޮމްބުލް ޕޮލަސް ޓްނައިޓް ޕްރޮގްރާމްގަ ވާހަކަ ދައްކަވަމުން"ދަ އައިލެންޑް ޕްރެޒިޑެންޓް" އުފައްދަމުން ދިޔަކަން އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފަ. އެހެންނަމަވެސް "ދަ އައިލެންޑް ޕްރެޒިޑެންޓް" ހަދަމުން ދިޔައިރު އެފިލްމަށް ހާއްސަކޮށްގެން ވީޑިއޯތަކެއް ރާއްޖޭގައި ވަނީ ތައްޔާރުކޮށްފަ. އަދި ބައެއް ވީވިޑޯތަކުގައި ރައީސް ނަޝީދުގެ ޝޮޓް ތަކެއްވެސް ނަގާފައިވޭ. އެގޮތުން 100 މިނިޓުގެ މި ފިލްމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އިސްވެރިން 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު ތިމާވެއްޓާބެހޭ ޖަލްސާއަށް ވެވަޑައިގެންނެވި ތައްޔާރީތައްވެސް ދައްކުވައިދޭ. އަދި ހަމަ އެފިލްމު ހަދަމުން ދާކަން ރާއްޖޭގެ މީޑިއާ މެދުވެރިކޮށް ވެސް ވަނީ ކޮށްފަ.

ސީބީސީގެ އިންޓަރވިޔުގައި ތެޔޮ ކުންފުނިތަކުން ކުރާ ފަދައިން މަޝްހޫރުކަން އިތުރުކުރުމަށް ހަރަދުކުރާނެ ފައިސާ ރާއްޖޭގައި ނެތްކަމަށާއި އެހެންވީމާ ދެއްވަން ބޭނުންފުޅުވާ މެސެޖް ދެއްވުމަށް އަމިއްލަ ފުޅަށް ކުރެއްވެން އޮންނަ ގޮތަކަށް މަސައްކަތް ކުރައްވާން ޖެހިވަޑައިގެންނަވާކަމަށް ކަމަށް ރައީސް ނަޝިދު ވިދާޅުވުމުން ފިލްމު ހެދީ އެހެންވެތޯ ޝޯ ހުށައަޅަމުން ދިޔަ ޖޯޖް ސުވާލުކޮށްލުމުން ސީދާ ޖަވާބު އެމަނިކުފާނު ދެއްވާފައިނުވިނަމަވެސް ވިދާޅުވެފައިވަނީ ކެމެރާތައް އެމަނިކުފާނަށް އަމާޒުކޮށްފައި ހުންނަކަން އެގިވަޑައިގެންނެވިނަމަވެސް އެފަދަ ފިލްމެއް ވީޑިޔޯތަކާ ފޮޓޯތައް ބޭނުންކޮށްގެން ހަދައިފާނެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް. "އަހަރެން ފިލްމެއް ނުހަދަން، ފިލްމެއް ހަދާކަށް ނުނިންމަން، ފިލްމެއް ހަދާކަށް ހަރަދެއް ވެސް ނުކުރަން. އަދި އަހަންނަކަށް ނޭނގޭ މިވަރުގެ ބޮޑު ފިލްމެއް އަންނަ ކަމެއް،" ސީބީސީ އިންޓަރވިޔުގައި ރައިސް ނަޝީދު ވިދާޅުވެފައިވޭ.

އަދި ފިލްމް ހެދި މީހުން ރައީސް ނަޝިދު އަރިހުގައި އެ ވާހަކަ ނުދަންނަވާތޯ ސީބީސީގެ ހޯސްޓަރ ސުވާލު ދެންނެވުމުން ވިދާޅުވެފައި ވަނީ ސޮއިކުރަން ކަރުދާސް ކޮޅުކޮޅު އަބަދުވެސް ގެންނަ ކަމަށާއި ގެނައިމާ ސޮއިކުރައްވާ ކަމަށް.

އެހެންނަމަވެސް ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ "މިއީ ސަރުކާރުންއެއްވެސް ޚަރަދެއްނުކުރައްވާ، ފިލްމް އުފެއްދެވި ފަރާތުން 2 މިލިއަން އެމެރިކާޑޮލަރު ޚަރަދުކުރައްވައިގެން ކުރިކަމެއް. ސަރުކާރުން ހަމައެކަނި މިކަމުގެ ހުއްދަދެއްވީ. ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއްލީބޭނެކަމެއް. ފަތުރުވެރިކަމާއި ރާއްޖޭގެ ތިމާވެށިރައްކާތެރިކުރުމަށޤ ވެސް. ދުނިޔޭގެ ސަމާލުކަން ރާއްޖެއަށް ހުއްޓިގެންދާނެ." ކަމަށް.

ކެނެޑާގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ އެކްޗްއަލް ފިލްމްސްގެ އިސް ވެރިންނަށް ތަޢުރީފް ކުރައްވައި ޝުކުރުއަދާ ކޮށްފަ. އަދި މިފިލްމުގައި ރައީސުލްޖުމްހޫރިއްޔާގެ ބައެއް މަސައްކަތްޕުޅުތަކާއި ރާއްޖޭގެ ނާޒުކު ތިމާވެށްޓާބެހޭގޮތުން އަލިއަޅުވާލާފައިވާތީ އެކަން އެމަނިކުފާނުވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފަ.

އައިލެންޑް ޕްރެޒިޑެންޓްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި ޕްރެސް ސެކްރެޓެރީ މުޙަންމަދު ޒުހައިރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ. މި ފިލްމުގެ ވާހަކައާއި ފިލްމުގައި ހިމަނާނެ ބައިތައް ކަނޑައަޅައި ފިލްމު އުފެއްދުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެމެރިކާގެ ސެންފްރެންސިސްކޯގައި ޤާއިމްވެފައިވާ އޮސްކާ އަދި އެމީ އެވޯޑް ހޯދާފައިވާ ޑޮކިއުމެންޓަރީ ފިލްމު އުފައްދާ ކުންފުނި އެކްޗުއަލް ފިލްމްސްއިން. ފިލްމު ހެދުމަށް ހިނގި ހުރިހާ ޚަރަދެއް ކޮށްފައިވަނީ، އެކްޗުއަލް ފިލްމްސްއިން، ފޯޑް ފައުންޑޭޝަނާއި، އެމެރިކަން ކޯޕަރޭޝަން ފޯ ޕަބްލިކް ބްރޯޑްކާސްޓިންގއާއި، މެކްއާތަރ ފައުންޑޭޝަނާއި، އެޓްލާންޓިކް ފައުންޑޭޝަނާއި، ސަންޑާންސް އިންސްޓިޓިއުޓް އަދި އެމެރިކާގެ ހެޔޮއެދޭ އެކި ފަރާތްތަކުން ހޯދާފައިވާ ހިލޭ އެހީގެ ދަށުން. 
މިފިލްމު ރާއްޖޭގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅު. އަދި އެމެރިކާގެ ޓީވީ ޗެނަލްތަކުން މި ފިލްމު 2012 ވަނަ އަހަރު ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައި.
http://www.youtube.com/watch?v=3b5PoJDEQAU 

10/03/2011

ޑީއާރުޕީއާއި ޕީޕީއެމްގެ ކޯޅުން

"އާއިލީ ވެރިކަމަށް ޓާޓާ. ބާއި ބާއި. ސަލާމް. ޑީއާރުޕީ ދެގޮތެއްނުވެކުރިއަށް" މިއީ ޑީއާރުޕީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރ އަބްދުﷲ މައުސޫމް އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔެފައިވާ ޖުމްލައެއް. މީގެ އިތުރުން ޑީއާރުޕީ ނިންދަވާލީ މައުމޫންކަމަށާއި ޑީއާރުޕީ މިހާރު ހޭލައިފިކަމަށްވެސް ލިޔެފައިވާ ސްޓަޓަސްއެއް މައުސޫމް ފޭސްބުކްގައި ލިޔެފައިވޭ. ޕީޕީއެމްގެ ވަގުތީ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހުލޫފް އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ "ދެން ކުރިއަށް އޮތްތަނުގައި ހަމަގައިމުވެސް ޑީއާރުޕީ އޮންނާނީ އެއްކޮށް ނިދާފަ. ތަސްމީން އާއި އެކު ތިބީވެސް ކެލާ ދާއިރާގެ މެންބަރ އަބްދުﷲ މައުސޫމް ކަހަލަ ނިދާފަ ތިބި ދެތިން މެންބަރުންކަން އެންމެނަށްވެސް އެނގޭ." ކަމަށް ބުނެ މައުސޫމްއަށް ރައްދުދީފަ.

ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި މައުމޫން އަބްދުލް ގައްޔޫމް ޑީއާރްޕީއަށް ނިސްބަތްކޮށް ހަގީގަތާއި ހިލާފް ބޮޑެތި ދޮގު ހިމެނޭގޮތަށް އަދި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަފުޅު ދައްކަވާތީ އެކަމާއި ހިތާމަކުރާކަމަށް ޑީއާރްޕީން ބުނެ ވަނީ ނޫސްބަޔާނެއް ނެރެފަ. އަދި މި ނޫސްބަޔާނުގައި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޑީއާރުޕީ ބަލިވެގެންދިޔައީ އޭރު ޑީއާރުޕީގެ ކެނޑިޑޭޓް މައުމޫން އަބްދުލްގައްޔޫމް ބަލިވެ އިންތިޚާބުގެ ކެމްޕޭންގައި އާއިލީ ކަމެއްގެ ގޮތުގައި ހިންގުމުންކަމަށްވެސް ޑީއާރުޕީން ނެރުނު ބަޔާނުގައި ބުނެފައިވޭ.

ނިމިގެންދިޔަ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށްބަލާއިރު ރައީސް މައުމޫންގެ ކެބިނެޓްގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންވަނީ އޭރުގެ އިދިކޮޅު އެމްޑީޕީއާ ގުޅި ބަދަލަކަށް ވޯޓްދީފަ. ޑީއާރުޕީން ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ތަސްމީނުގެ ލީޑަރ ޝިޕަށް މައުމޫން ފާޑުކިޔުއްވާއިރު ތަސްމީނުގެ ލީޑަރ ޝީފްގައި ބޮޑެ  ދެ އިންތިހާބް ޑީއާރްޕީއަށް ކާމިޔާބްކޮށްދީފައިވާއިރު މައުމޫންގެ ޒައާމަތުގައި ޕާރޓީ ސަރުކާރުގައި އޮވެމެ އެންމެ އިންތިހާބެއްވެސް ކާމިޔާބް ކުރެވިފައިނުވާކަން ފާހަގަކޮށްފައިވޭ.

ތަސްމީނުގެ ލީޑަރ ޝިޕްގައި މަޖްލީހުގެ މެމްބަރުން ޕާޓީން ކެނޑެމުން ގެންދާކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވަމުން ޑީއާރުޕީން ބުނެފައިވަނީ އެމަނިކުފާނުގެ ލީޑަރ ޝީޕްގައި މަޖްލީހަށް އައްޔަންކުރެއްވި އަށް މެމްބަރުން މަޖްލީހުގައި ތިބެމެ މަޖްލީހުގެ މެޖޯރިޓީ ޑީއާރްޕީއަށާއި މައުމޫންނަށް ގެއްލިފައިވާކަމަށާއި އަދި އަމިއްލަ ކޮއްކޯފުޅު އަބްދުﷲ ޔާމީން ޑީއާރްޕީގެ ގިނަ މެމްބަރުންނާއި އެކު ޕާޓީ ދޫކޮށް އެހެން ޕާޓީއެއް ހެއްދެވިކަން މައުމޫން ހަދުމަފުޅުނެތީތީ އެކަމާއި ހިތާމަކުރާކަމަށްވެސް ޑީއާރްޕީގެ ބަޔާނުގައިވޭ.

ދާދި ފަހުން ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދި ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސްގައި އެމަނިކުފަނުގެ ކޮށްކޯފުޅު އަބްދުﷲ ޔާމީންއާއި އާއިލާގެ ގިނަ މެންބަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވޭ.

ސިޔާސީ ފަރާތްތަކުންނާ އާންމުންގެ ގިނަ ބަޔަކު ބުނަމުންދާގޮތުގައި ޑީއާރުޕީ ބައިބައިވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ރައީސް މައުމޫން. ހަމައެގޮތަށް ތަސްމީން އަލީގެ ޒިންމާވެސް ވަރަށްބޮޑުކަން އެފަރާތްތަކުން ފާހަގަކުރޭ. 

ދާދިފަހުން ނޫސްވެރިންނާ ބައްދަލުކުރައްވަމުން މައުމޫން ވިދާޅުވެފައިވަނީ ވެރިކަމުގައި ހުންނެވިއިރުވެސް އަދި މިޙާރުވެސް ވަރަށް ބޮޑު ތާއީދެއް އޮތްކަން އެނގިވަޑައިގެންނެވިކަމަށާއި އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ފަރާތަކުން އެއްޗެއް ވިދާޅުވި އަޑު ނައައްސަވާކަމަށް.
 
ރާއްޖޭގެ ސިޔާސީ މަސްރަހުގަޔާއި އިންޓަރނެޓާ އަދި މީޑިޔާތަކުގައި ސިޔާސީ ގޮތުން ރާއްޖެއަށް އަންނަ ބަދަލާގުޅިގެން ލިޔެފައިވާ ޚަބަރުތަކުގެވެސް އެންމެބޮޑު ބަހުސެއް ކުރެވެމުންދަނީ ރައީސް މައުމޫންގެ އާއިލީވެރިކަމާ އަދި ޑީއާރުޕީގެ ކުރިމަގު ބައްޓަންވެގެންދާނެ ގޮތަކާމެދު. މީގެ އިތުރުން މިހާރުގެ ސަރުކާރަށްވެސް ވަރަށް ބޮޑު ފާޑު ކިޔުންތަކެއް އަމާޒުވަމުން އަންންކަން ފާހަގަކުރެވޭ.

އިސްލާމިކް މިނިސްޓަރުކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވައިފި


 އިސްލާމިކް މިނިސްޓަރުކަމުން ޑރ އަބުދުލް މަޖީދު އަބުދުލްބާރީ އިސްތިޔުފާ ދެއްވައިފި. ބާރީ އިސްތިއުފާ ދެއްވާފައިމިވަނީ ސަރުކާރާއެކު އަދާލަތު ޕާޓީން ހަދާފައިވާ ކޯލިޝަން އުވާލުމާއި ގުޅިގެން އަދާލަތު ޕާޓީގެ އިލުމުވެރިންގެ މަޖުލީހުންވެސް ބާރީ ވަކިވެ ވަޑައިގަންނަވާފައި ވަނިކޮށް. މަޖީދުވަނީ އިސްލާމިކް މިނިސްޓްރީގައި އެމަނިކުފާނު އިންނަވާ ކޮޓަރިކޮޅުގައިވާ  އެބޭފުޅާގެ ތަކެތިވެސް ގެޔަށް ގެންދަވާފަ.

10/02/2011

ގާނޫނާ ޚިލާފަށް އެމްއެމްސީން 900،000 ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި.


އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އަށް ސަފުހާގެ ރިޕޯޓެއްގައި ބުނެފައި ވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށް މޯލްޑިވްސް މީޑިއާ ކައުންސިލް ]އެމްއެމްސީ[ގެ މެންބަރުން ލިވިން އެލަވަންސްގެ ގޮތުގައި 900،000 ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެ ކައުންސިލްގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް ފަހު، ރައީސްގެ މުސާރަ 8000ރ. އަށް ބޮޑުކޮށް، ނާއިބު ރައީސްގެ މުސާރަ 6،500ރ. އަށް ބޮޑުކޮށް، އަދި އާންމު މެންބަރުންގެ މުސާރަ 5،000ރ. އަށް ބޮޑުކޮށްފައި ވަނިކޮށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރައީސާ ނާއިބު ރައީސާއި އަދި ކޮންމެ މެންބަރަކު މުސާރައިގެ އިތުރުން މަހަކު 7500ރ. ނަގާފައިވާ ކަމަށް.
އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި މީޑިއާ ކައުންސިލުގެ މެންބަރުން އެ ފައިސާ ނަގާފައި ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން އެ ފައިސާ ނުނެގުމަށް އަންގާފައި ވަނިކޮށް ކަމަށް އެނގޭ ކަމަށާއި އެ ކައުންސިލްގެ މެންބަރުންނަށް ދެމުން އައި އެލަވަންސް ހުއްޓާލާފައި އޮތުމަށް ފަހު އޮގަސްޓް މަހުގެ މުސާރައާ އެކު ހަ މަސް ދުވަހުގެ އެލަވަންސް ފައިސާ އެއްފަހަރާ ގަނޑުކޮށްދީފައިވާ ކަމަށް.