3/19/2012

އެމްޑީޕީ ވަރުގަދަ އަޒުމެއްގައި: މަ ޗިސް ޗިސް ކޮށްލިއަސް މަ ފިސް ފިސް ކޮށްލިއަސް ނެތޭ ވެވޭކަށް

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުންވަނީ ކަރުނަގޭސް ބޭނުންކޮށްފަ

ބައެއް ފަރާތްތަކަށް މިއަދު ހިތްހަމަ ޖެހުން ލިބިގެން ދިޔަ ނަމަވެސް އަނެއްބަޔަކު އަދިވެސް ދަނީ ނުރުހުން ފާޅުކުރަމުން. މިއަދު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާ ގުޅިގެން މާލެތެރެއިން ފެނިގެންދިޔައީ ތަފާތު އެތަކެއް މަންޒަރުތަކެއް. މަޖިލިސް ކުރާގޭގައި އެއްބަޔަކު މުޒާހަރާ ކުރަމުންދާއިރު އަނެއްބަޔަކު މުޒާހަރާ ކުރަމުންދަނީ މަޖިލީހުގެ ޗެމްބަރުން ބޭރުގަ. ނޫންނަމަ މާލެ ތެރޭގައި.

މިއަދު ދިމާވެގެންދިޔަ އެންމެ ބޮޑު އެއްމަސަލައަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން. އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަން މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތީ ވަރަށް ހިއްވަރާ ކެތްތެރިކަމާއެކު. އެހެންކަމުން މަޖިލީހުގައި މާބޮޑު ހަމަނުޖެހުމެއް ހިގައިފައިނުވޭ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ހަޅޭކުގެ އަޑާހުރެ މަޖިލިސްވަނީ ހަތަރުފަހަރު މަތިން ކުރިއަށް ނުގެންދެވި މެދުކަނޑާލައިފަ. އެގޮތުން މިއަދުގެ މަޖިލީހުގައި ހިނގި ކަންތައްތަކަށް ބަލާއިރު އެޖެންޑާ ނަންބަރު އެކެއް (ފަތުހުﷲ ޖަމީލް ނިޔާވުމާ ގުޅިގެން ގެނައި ހަމަހިމޭން ކަމުގެ ސުކޫތު) ނިންމައި މަޖިލީހުގެ ރައީސަށް އެޖެންޑާ ނަންބަރު ދޭ އިއުލާން ނުކުރެވެނީސް އެމްޑީޕީގެ މެންބަރުން ހަޅޭއްލައްވަންފެށި. މަޖިލީހުގެ ރައީސް ތަކުރާރުކޮށް މެންބަރުންނަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދެންނެވުމަށްފަހު ބައެއް މެންބަރުން މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް އަމަލު ނުކުރުމުން އެމެންބަރުންގެ ނަން އިއްވި. އެވަރުންވެސް ނިމުނީކީއެއް ނޫން. އެބޭފުޅުން ދިޔައީ މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ރިޔާސީ ބަޔާން އިއްވަން އެދުމުން އެކަމާ ދެކޮޅަށް އަޑުއުފުލާ ހަޅޭއްލައްވަމުން. އެހެންނަމަވެސް އެމެންބަރުންނަށް ބީރުކަންފަތެއް ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި. ރިޔާސީ ބަޔާނުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެމަނިކުފާނު މިނިވަން މުއައްސަސާގެ ބާރުކަނޑުވާލުމަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުގެންދަވާނެކަމަށް. އަދި އެ މަނިކުފާނު ދައުލަތުގެ އެއްވެސް ބާރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ރައްޔިތުންނަށް ގާނޫން އަސާސީން ލިބިދޭ ހައްގުތައް ހޯދައި ދިނުމަށް ސިޔާސީ ވެރިން ހުރަސް ނޭޅުމަށްވެސް ރައީސް އިއްވެވި ރިޔާސީ ބަޔާނުގައިވޭ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތުގައިވެސް މާލޭގެ އެކި ސަރަހައްދު ތަކުގައި އެމްޑީޕީން ދިޔައީ މުޒާހަރާ ކުރަމުން. މުޒާހަރާކުރި ބައެއް މީހުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިގުމުގެ ސަބަބުން ދެބައި މީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައްވެފައި. އަދި މުޒާހަރާގައި ހަރަކާތްތެރިވި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންދާއިރު މިއަދުގެ މުޒާހަރާތައް ރޫޅުމަށް ކަރުނަގޭސް ވެސް ވަނީ ބޭނުންކޮށްފައިވޭ. މުޒާހަރާގެ ބައިވެރިންވަނީ ވީޓީވީއަށްވެސް ވަރަށް ބޮޑަށް ގެއްލުން ދީފައި.
މުޒާހަރާތައް ރޫޅާލުމަށް ސިފައިންނާ ފުލުހުން މިހާރު ހަރަކާތްތެރިވަނީ ލޮނުޒިޔާރަތްކޮޅާ ދިމާލުން. އެދިމާލުން ރާފުޅިތަކާ ކޮންޑަމްތައް ފެންނަމުން ދާއިރު އެތަނަށް އެތަކެތި ގެންގޮސްފައިވަނީ ކޮންބައެއްތޯ އެއީ އުފެދޭ ސުވާލެއް. މުޅި ސަރަހައްދު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމްޑީޕީން ކުރަމުންދާ މުޒާހަރާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް އެމީހުން ދަނީ ބުނަމުން.

ليست هناك تعليقات:

إرسال تعليق