9/03/2011

ރައީސް މައުމޫންގެ ބޮޑުމަންޒަރު


ރައިސް މައުމޫން ޑީއާރުޕީގެ އިސް ބޭފުޅުންނާއެކު
އިދިކޮޅު ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ދާއިރާއިން ފެއަށް ޖެހިވަޑައިގެންނެވި ޚަބަރުވެސް ވެގެންދިޔައީ ގިނަ ބަޔަކަށް ސިހުން ލިބިގެން ދިޔަކަމަކަށް. އެހެންނަމަވެސް އެއާ މުޅިން ދިމާއިދިކޮޅަށް ނުކުމެ އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް ހަދަން އުޅޭ ވާހަކަވެސް ވެގެންދިޔައީ ނޫސް މަޖައްލާތަކާ ޓީވީ ޗެނަލްތަކުގެ ބޮޑު ޚަބަރަކަށް.އަދި މުޅި ސިޔާސީ ދާއިރާގަ މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަމާލުކަމަށް ގެނެއި ޚަބަރަކަށް. މި ޚަބަރާއެކު ސިޔާސީ މުފައްކިރުންނާ އާންމު ރައްޔިތުންގެ ހިތުގަ އެތަކެއް ސުވާލުތަކެއް އުފެދިގެންދިޔަ.

މިކަމުގެ ސަބަބުން ސިޔާސީ ދާއިރާއަށް ތަފާތު ބަދަލުތަކެއް އަންނާނެ ކަމާމެދު ކުޑަވެސް ޝައްކެއްނެތް. އެންމެ ބޮޑު ސުވާލެއް މިހާރު އުފެދިގެންދާނީ ރައީސް މައުމޫންގެ ސިޔާސީ ޕާޓީގެ ތެރެއިން 2013 ވަނަ އަހަރުގެ އިންތިޚާބަށް ވާދަކުރައްވާނެ ކެންޑިޑޭޓަކާމެދު. އެކި މީހުންގެ ވިސްނުން ވަރަށްތަފާތު. ރައީސް މައުމޫން ވާދަކުރައްވާނެތޯ ނޫނީ އެކަން ދޫކޮށްލައްވާނީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅަށްތޯ މިވެސް އެންމެންގެ ހިތްތަކުގައި އުފެދޭ ސުވާލެއް. ބުނެވޭނީ އަދިވެސް ޒައީމް މައުމޫނަށް ވަރަށްބޮޑު ތާއީދެއް އޮތްކަމަށް. ޑީއާރުޕީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް މަސައްކަތް ނުކުރާކަމާ އަދި އަމިއްލަ ޒާތީ މަސްލަހަތާހެދި މިފަދަ ނިންމެވުމެއް ނިންމުމަކީވެސް އެކަށީގެންވާ ކަމެއްކަމަށްވޭ. ސިޔާސީ ތަޖްރިބާކާރުން ބުނާގޮތުގައި ރައީސް މައުމޫން ޑީއާރުޕީން ވަކި ވެގެން އަމިއްލަ ފެކްޝަނެއް ހަދައި އަދި މިހާރު ސިޔާސީ ޕާޓީއެއް ހަދަން އުޅުމުގެ މައިގަނޑު މަގްސަދަކީވެސް މިއީ. ޔާމީން އަބްދުލް ގައްޔޫމް ދައްކަވާފަ ހުރި ވާހަކައަށްބަލާއިރު ރައީސް މައުމޫން އިތުރު ޕާޓީއެއް ހަދައިފި ނަމަ އެޕާޓީއަކާ އޭނާ ގުޅޭނެ ކަމުގެ އިޝާރާތްތައްވަނީ ކޮށްފަ. އަދި އިންތިޚާބުގައި ވާދަ ކުރާނެކަމުގެ ޝައުގުވެރިކަންވެސް ވަނީ ފާޅުކޮށްފަ. އެހެންކަމުން ގަބޫލްކުރާހިތްވަނީވެސް ޒައީމް މައުމޫން ސިޔާސީ ޕާޓީއެއް އުފައްދައިފިނަމަ އެމަނިކުފާނާއެކު ކޮއްކޯފުޅު ޔާމީންއާއި އެމަނިކުފާނުގެ ކެބިނެޓްގައި އިސްކޮށް އުޅުއްވި ވަޒީރުން ފެންނާނެ ކަމަށް. އަދި މިވަގުތު ސިޔާސީ ދާއިރާގަ ފިލައިގެން އުޅުއްވާ ބައެއް ބޭފުޅުންވެސް މި ޕާޓީން ފެނުމަކީ އެކަށީގެންވާކަމެއް.

ސަރުކާރު ޖަވާބުދާރީ ކުރުމަށް ވަރުގަދަ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮންނަންޖެހޭނެ. ޑީއާރުޕީ މިގޮތަށް ފުނޑިގެންދިއުމަކީ ސަރުކާރު ހަމަ މަގަށް އެޅުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައިސް އަންނަ ރިޔާސީ އިންތިޚާބުވެސް އިދިކޮޅު ފާރާތްތަކަށް ނާކާމިޔާބު ވެދާނެކަމެއް.

މަޑުކޮށްލައިގެން ތިބެންވީ ޑީއާރުޕީއަށް ދެން ވެގެންދާނެގޮތަކާ މެދު. ސިޔާސީ ދާއިރާއިން ފެއަށް ޖެހިވަޑައިގެން އަނެއްކާވެސް ޒައީމް މައުމޫން އާފެށުމަކުން ގައުމުގެ ހުންގާނުގަ ހިފުމަށް މަސައްކަތް ކުރައްވާތަން ވެގެންދާނީ އަޅުގަނޑުމެން އެންމެންވެސް މިދެކޭ "ބޮޑު މަންޒަރަށް"

هناك تعليقان (2):