9/04/2011

ކޮމިޓީ އެލަވަންސްއާ ދެކޮޅަށް މަދަނީ ޖަމްއިއްޔާތަކުން އަނެއްކާވެސް ނުކުމެއްޖެ



މަޖިލީހުގެ މެންބަރުންގެ ކޮމިޓީ އެލަވަންސްއާ ދެކޮޅަށް މަދަނީ ޖަމްއިއްޔާތަކުންނާ އާންމު ރައްޔިތުންގެ އެއްބައިވެ، އެއްވުމެއް ކުރިއަށް އެބަގެންދޭ.


މިއަދު ހެނދުނު 10 ޖެހިއިރު ފެށިގެންދިޔަ މި އެއްވުން ކުރިއަށްދަނީ ފިނޭންސްމިނިސްޓްރީ ކުރިމަތީގައި. ވިހިހާސް ރުފިޔާގެ ކޮމެޓީ އެލަވަންސް ބޭނުންފުޅު ނުވާކަމަށް މިއަދާ ހަމައަށް ރަސްމީކޮށް ހުށަހަޅާފައިވަނީ އެންމެ 12 މެންބަރުން. ބައެއް މެންބަރުން ވަނި އެބޭފުޅުނަށް ލިބިވަޑައިގަންނަވާ މުސާރަ ޚަރަދުކުރާނީ ދާއިރާއަށް ކަމަށް ވިދާޅުވެފަ. 


މިމުސާރަ މިގޮތަށް ކަނޑައެޅިއިރު  މާލިއްޔަތު ކޮމިޓީން ބުނެފައިވަނީ އިތުރު އެލަވަންސް ދޭނެ އުސޫލެއް ކަނޑައަޅާފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ހާޒިރީ ރަގަޅުވެ މަސައްކަތުގެ އުފެއްދުންތެރިކަން ރަގަޅުވާނެ ގޮތަކަށްކަމަށް. ކޮމިޓީ އެލަވަންސް މިމަހު ދޭއިރު މާލިއްޔަތު ކޮމިޓީންވަނީ މުޅި ހަތްމަހަށްވާވަރަށް ގަނޑުކޮށް 140000 ރުފިޔާ ކޮންމެ މެންބަރަކަށްވެސް ދިނުމަށް ނިންމާފަ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް މެމްބަރުންނަށް އަމިއްލަ އަށް ބޮޑު ނުކުރެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް އެދި ވަނީ މަޖިލީހަށް ބިލެއްވެސް ހުށަހަޅާފައި.

ليست هناك تعليقات:

إرسال تعليق