9/05/2011

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނޫނެކޭ ނުބުނެ ޒެޑް ފެކްޝަންގެ ޕާޓީއަށް ނަންދީފި

ރައީސް މައުމޫން އަބްދުލްގައްޔޫމް
އިއްޔެ ޑީއާރުޕީން ވަކިވެ ވަޑައިގެން އެޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް، އަލަށް އުފައްދަވާ ސިޔާސީ ޕާޓީއަށް ނަންދީފި. އެޕާޓީއަށް ދީފައިވާ ނަމަކީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް.

މިއަދު ނޫސްވެރިންނާ ބައްދަލްކޮށްވާހަކަ ދައްކަވަމުނު ކުރީގެ ރައީސް މައުމޫން ވިދާޅުވީ، އެނަން އޮތަށް ދީފައިވަނީ އެޕާޓީގެ މަގްސަދުކަމުގައިވާ ގައުމުގެ ކަންތައް އިސްލާހް ކުރުމުގެ މައްޗަށާއި އަބަދުވެސް ތަރައްޤީއާއި ކުރިމަގު ހޯދުމަށްކަމަށް. 

ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އަކީ ވަކި މީހެއް ނުވަތަ ވަކި ބައެއް ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ޕާޓީއެއް ނޫންކަމަށް. އަދި އެޕާޓީ އުފެއްދުމުގެ ބޭނުމަކީ މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން ރައްޔިތުންގެ އަސާސީ ހައްގުގެ އިތުރުން ދީންވެސް ހިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށް. 

އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެއްވެސް ވަރަކަށް ޝައުގުވެރިމެއް ހުރިތޯ ދެންނެވި ސުވާލަށް މައުމޫން ސީދާ ޖަވާބެއް ނުދެއްވިނަމަވެސް ވިދާޅުވީ އެކަމަށް އަދި ވިސްނާފައިނުވާކަމަށް. 

މީގެ އިތުރުން ޑީއާރުޕީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ ޑީއާރުޕީ އުފެއްދީ ވަރަށް ވަރުގަދަ ސިޔާސީ ޕާޓިއެއްގެ ގޮތުގައި ގައުމީ މަސްލަހަތާއި ޑިމޮކްރަޓިކް އުސޫލްތަކުގެ މައްޗަށްބަލާ އެގޮތަށް އެޕާޓީ ހިނގާނެ ކަމަށް ފެންނާތީ ކަމަށް. އެހެންނަމަވެސް އެގޮތަށް ޑީއާރުޕީން އަމަލުނުކުރާ ކަމަށްވިދާޅުވެ ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވީ، ޑީއާރުޕީން ހިތުހުރި ގޮތަކަށް މެންބަރުން ވަކިކުރަމުން ގެންދިޔަކަމަށް. އަދި އެގޮތަށް އެމަނިކުފާނު އުފެއްދެވި ޕީޕީއެމް އިން ކަންތައް ނުކުރައްވާނެ ކަމަށް ވިދާޅުވި.

ليست هناك تعليقات:

إرسال تعليق