10/02/2011

ގާނޫނާ ޚިލާފަށް އެމްއެމްސީން 900،000 ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި.


އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އަށް ސަފުހާގެ ރިޕޯޓެއްގައި ބުނެފައި ވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށް މޯލްޑިވްސް މީޑިއާ ކައުންސިލް ]އެމްއެމްސީ[ގެ މެންބަރުން ލިވިން އެލަވަންސްގެ ގޮތުގައި 900،000 ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެ ކައުންސިލްގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް ފަހު، ރައީސްގެ މުސާރަ 8000ރ. އަށް ބޮޑުކޮށް، ނާއިބު ރައީސްގެ މުސާރަ 6،500ރ. އަށް ބޮޑުކޮށް، އަދި އާންމު މެންބަރުންގެ މުސާރަ 5،000ރ. އަށް ބޮޑުކޮށްފައި ވަނިކޮށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރައީސާ ނާއިބު ރައީސާއި އަދި ކޮންމެ މެންބަރަކު މުސާރައިގެ އިތުރުން މަހަކު 7500ރ. ނަގާފައިވާ ކަމަށް.
އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި މީޑިއާ ކައުންސިލުގެ މެންބަރުން އެ ފައިސާ ނަގާފައި ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން އެ ފައިސާ ނުނެގުމަށް އަންގާފައި ވަނިކޮށް ކަމަށް އެނގޭ ކަމަށާއި އެ ކައުންސިލްގެ މެންބަރުންނަށް ދެމުން އައި އެލަވަންސް ހުއްޓާލާފައި އޮތުމަށް ފަހު އޮގަސްޓް މަހުގެ މުސާރައާ އެކު ހަ މަސް ދުވަހުގެ އެލަވަންސް ފައިސާ އެއްފަހަރާ ގަނޑުކޮށްދީފައިވާ ކަމަށް.

ليست هناك تعليقات:

إرسال تعليق