3/18/2012

ލޮނުޒިޔާރަތްކޮޅުން ބިޔަރު ދަޅުތަކެއް







18:50 ކައްކާފައި ހުރި ބަގުރާ ކަމަށް ޝައްކުކުރެވޭ 20 ލީޓަރުގެ ހަމެއް ފެނިއްޖެ
18:47 މުޒާހަރާގައި ހަމަނުހެނުން ހިންގި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް.
18:37އަލްހާން އެނބުރި ވަޑައިގެންފި. އަލަހާން ދަނީ ފުލުހުންނާ ސުވާލުކުރަމުން. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ ކޯޓު އަމުރެއްގެ ދަށުން ތޯ އާއި އެތަނުގައި ހުރި އެއްޗެހި ބަލާ ފާސްކުރަމުންދަނީ މީޑިޔާގެ ހާޒިރުގައިތޯ؟ ސުވާލުކުރަމުން. އަލްހާން މިހާރު އެސަރަހައްދު ދޫކޮށް ގޮސްފި.
18:35 އެސަރަހައްދުން ފެނުނުތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފަ
18:33 ލޮނުޒިޔާރަތްކޮޅުން އެމްޑީޕީން ކުރަމުން ދިޔަ މުޒާހަރާއިން ބިޔަރާއި ކޮންޑަމް ފެނިފައިވާކަމަށް މައުލޫމާތު ލިބޭ
އެހެންނަމަވެސް އެއީ ސީދާ ކޮންބައެއް އެތަނަށް ގެނެއި އެއްޗެއްކަން އެގިފައެއްނުވޭ
18:15 އެމްޑީޕީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ

14:13 ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސް މަޖިލިސް ދޫކޮށް ކާރުގައި ވަޑައިގެންފި
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގެ ތެރެއިން
14:11 ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެ ކޮޅުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެ
14:07 ރިޔާސީ ބަޔާން އިއްވައި ނިންމާލައިފި
14:00
ފަސްވަނަ ފަހަރަށް މަޖިލިސް ކުރިއަށް އެބަދޭ
14:01
މަޖިލީހުގެ ރައީސް ދެވަނަ ފަހަރަށް ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދެފި
13:40 މަޖިލިސް ހަތަރުވަނަ ފަހަރަށްވެސް ހުއްޓާލަން ޖެހުނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ހަޅޭއްލައްވާ އަޑުގަދަ ކުރުމުން
13:41
މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ކޮޓަރިކޮޅެއްގައި މަޑުކޮށްލައިގެން ތިއްބެވިކަމުގެ މައުލޫމާތު ލިބޭ
13:30 އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ވަހީދަށް ވަރަށް ހުތުރު ބަހުން މުއާމަލާތްކޮށްފަ
13:29 ރައީސުލްޖުމްހޫރިއްޔާ ދާދި ދެންމެ އިއްވި ރިޔާސީ ބަޔާނުގައި މިނިވަން މުއައްސަސާގެ ބާރުކަނޑުވާލުމަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުގެންދަވާނެކަމަށްވޭ. އަދި އެ މަނިކުފާނު ދައުލަތުގެ އެއްވެސް ބާރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އަދި ރައްޔިތުންނަށް ގާނޫން އަސާސީން ލިބިދޭ ހައްގުތައް ހޯދައި ދިނުމަށް ސިޔާސީ ވެރިން ހުރަސް ނޭޅުމަށްވެސް ރައީސް އިއްވެވި ރިޔާސީ ބަޔާނުގައިވޭ.
13:28 ރިޔާސީ ބަޔާން އިއްވަމުން ގެންދަވަނިކޮށް މަޖިލީހުގެ ރައީސް ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑާލެއްވުމުން ހަތަރުވަނަ ފަހަރަށް މިއަދުގެ ޖަލްސާ މެދުކަނޑާލައްވައިފި
13:26
ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި
13:20 ނަން އިއްވި މެންބަރު މަޖިލީހުގެ ތަޅުމުން ސިފައިން ވަދެ ނެރެފި
13:14 މެންބަރ އިބްރާހިމް ރަޝީދު މަޖިލީހުގެ ތަޅުމުން ނުކުންނަންދެން ތިންވަނަ ފަހަރަށް ބޭއްވި މިއަދުގެ ޖަލްސާ އަނެއްކާވެސް އެ މެންބަރު ނުކުންނަންދެން މެދުކަނޑާލައިފި
12:40 ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މިއަދު ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންގެ ސެކިއުރިޓީ ލައިން ބަލަހައްޓަން ތިބި ފުލުހުންނަށް އަނިޔާވާ ފަދަ ހަމަލާތައް ދެމުންދާތީ، މި ކޮމިޝަނުން އެކަން ކުށްވެރިކޮށް، އެކަން ހުއްޓާލުމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް އިލްތިމާސްކުރަމެވެ. ހަމަ މިއާއެކު މި މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި މިހާތަނަށް ފުލުހުން ދައްކާފައިވާ ކެތްތެރިކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ތިއްބެވުމަށާއި ހާލަތާ ނުބައްދަލު ބާރެއްގެ ބޭނުން ނުކުރުމަށް ފުލުހުންނަށް ގޮވާލާކަމަށްވެސް ވޭ
12:35 މުޒާހަރާގެ ބައިވެރިން ވަނީ ވިލާ ޓީވީއަށް ވަރަށް ބޮޑެތި ގެެއްލުންތައް ދީފަ
12:30 ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދު މަޖިލިސް ދޫކޮށް ނުކުންނަވަންދެން މަޖިލިސް ދެވަނަ ފަހަރަށް މެދުކަނޑައިލައިފި
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހުގެ ތަޅުމަށް ވަޑައިގެންފި
12:27 މަޖިލީހުގެ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ބަޔާން އިއްވެވުމަށް ދައުވަތު އަރުވައިފި
12:07 ދާންދޫ ދާއިރާގެ މެންބަރު ރިޔާޒްވެސް ފުލުހުންގެ އެހީތެރިކަމާއެކު ނެރެފި
12:00 އެމްޑީޕީގެ ބައިވެރިން މުޒާހަރާ ކަވަރުކުރަމުންދާ ބައެއް ނޫސްވެރިންނަށް ހަމަލާދީފައިވާކަމުގެ މައުލޫމާތު ލިބިއްޖެ
11:57 މުޒާހަރާގެ ބައިވެރިންދަނީ ގަލާ ފެންފުޅި ފަދަތަކެތި ފުލުހުންނާއި ސިފައިންނާ ދިމާލަށް އުކަމުން
11:50 ސޯސަން މަގުގައި ހަމަނުޖެހުންތައް ހިންގި މީހުން މިހާރުވެސް އެސަރަހައްދުގެ އެހެން ހިސާބެއްގައި މުޒާހަރާކުރަމުން އެބަދޭ
11:49 މުޒާހަރާގެ ބައިވެރިން ވިލާޓީވީ އާއި ދިމާލަށް ދަމުންދާކަމުގެ މައުލޫމާތު ލިބިއްޖެ
11:46 ސޯސަން މަގުގައި އެއްވެ ތިބި މީހުން އެތަނުން ފޮނުވާލުމަށްފަހު މުޒާހަރާގެ ބައިވެރިންދަނީ ސިންދިތާ ފިހާރަ ކައިރީގައި މުޒާހަރާ ކުރަމުން
11:43 ސޯސަން މަގުގައި މުޒާހަރާ ކުރަމުންދިޔަ މީހުން އެތަނުން ފޮނުވާލުމަށް ފުލުހުންް ދަނީ ކަރުނަ ގޭސް ބޭނުން ކުރަމުން އަދި މުޒާހަރާ ރޫރިއްޖެ ކަމުގެ މައުލޫމާތުވެސް ލިބެމުން އެބަދޭ. އެހެންނަމަވެސް މާލޭގެ އެކިއެކި މަގުތަކުގައިވެސް މުޒާހަރާ ކުރަމުން އެބަދޭ
11:36 ނީލަންފިހާރައިގައި އަދަމުންދާ އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އެ އަލިފާން ގަނޑު އެހެން ދިމަ ދިމާލަށް ފެތުރިދާނެ ކަމުގެ ބިރުވެސް ހީވަން ފަށައިފި
11:30 ބައެއް މެންބަރުން މަޖިލިސް ކުޑަ ދަށުގަ ނުކުމެ މަޑުކޮށްލައިގެން އެބަތިބި
11:20 އެމްޑީޕީގެ އެކްޓިވިސްޓުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަ ނުޖެހުމުގައި ފުލުހުންގެ ބައެއް ބޭފުޅުންނަށް އަނިޔާވުމުގެ ސަބަބުން އެބޭފުޅުންނަށް ފަރުވާދެމުން އެބަދޭ
11:16
މުޒާހަރާގައި ބައިވެރިވަމުންދާ އެމްޑީޕީގެ ބައެއް މެންބަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުން އެބަދޭ
11:05 ނީލަން ފިހާރައިގައި އަލިފާން ރޯވެ އަނދަމުންްދަނީ
11:03 ފުލުހުންގެ އެހީތެރިކަމާއެކު ފޭދޫ ދާއިރާގެ މެންބަރ އަލްހާން ފަހުމީ މަޖިލީހުގެ ތަޅުމުން ނެރެފި
އަދި ދާންދޫ ދާއިރާގެ މެންބަރު މަޖިލީހުގެ ތަޅުމުން ނެރުމަށްވެސް ދަނީ މަސައްކަތް ކުރަމުން
11:00 މުޒާހަރާގެ ބައިވެރިންނާއި ސިފައިންނާ ދެމެދު ހަމަނުޖެހުންތައް ހިގަމުން އެބަދޭ
10:57 ސޯސަން މަގުގައި ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގައިފި
ފުލުންހުންދަނީ މުޒާހަރާކުރަމުންދާ ބޭފުޅުން އެތަން ދޫކޮށް ދިއުމަށް ނަސޭހަތްތެރިވަމުން
10:56
ސިފައިންގެ ބެލުމުގެ ދަށަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ގެންގޮސްފަ
10:50 ނަން އިއްވި ދެ މެންބަރުން މަޖިލީހުގެ ޗެމްބަރުން ނެރުމަށް ސިފައިން މަޖިލީހުގެ ތަޅުމުގައި ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ
10:30 ދާންދޫ ދާއިރާގެ މެންބަރުގެ ނަން އިއްވައި އެމެންބަރު މަޖިލިސް ދޫކޮށް ވަޑައިގަތުމަށް މަޖިލީހުގެ ރައީސް ދަންނަވައިފި
ނަން އިއްވެވި ފޭދޫ ދާއިރާގެ މެންބަރާއި ދާންދޫ ދާއިރާގެ މެންބަރު މަޖިލިސް ދޫކޮށް ވަޑައިގަންނަވަންދެން މަޖިލިސް މެދުކަނޑައިލައިފި
10:25 ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު ވަހީދު ވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ
މަޖިލީހުގެ ތަޅުން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ
10:22 ފޭދޫ ދާއިރާގެ މެންބަރުގެ އަލްހާން ފަހުމީގެ ނަން އިއްވައިފި
މިއަދުގެ ޖަލްސާގެ އެޖެންޑާ ނަންބަރ ދެއަކަށް ދިއުމުގެ ކުރިންވަނީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ރާއްޖޭގެ ޚާރިޖީ ދާއިރާގައި 27 އަހަރުވަންދެން ޚިދުމަތް ކޮށްދެއްވި ފަތުހުއްﷲ ޖަމީލް ނިޔާވުމާ ގުޅިގެން ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފި
10:15 ފަސްދޮޅަސް މެންބަރުންނާ އެކު މިއަދުގެ މަޖިލިސް ކުރިއަށް އެބަދޭ.
10:07 ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށެހެޅުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން ދަނީ މުޒާހަރާ ކުރަމުން.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާ ފެށުމަށް ތައްޔާރުވެއްޖެ



هناك تعليقان (2):

  1. keeeep up the gud work : ) regs -aSa-

    ردحذف
  2. blog adhi ithurah salhi kuran feney blog liyumakee salhi kameh .. bodah amilla aims hureema rangalhee .. avas thaana kiyaa font eh hunaane .. e font in blog ge nan alhaa bala .. need any help contact me ..

    ردحذف