ރައްޔިތުންގެ
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
|
ރައްޔިތުންގެ މަޖިލިސް
ހުޅުވުމަށް ބޭއްވި ޖަލްސާ ދިހަ ގަޑި އިރަށް
ފަހު ހުއްޓާލާފައިވަނީ ސިޔާސީ މަސްރަހުގައި
ހިގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން. އެދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ
އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުނާހެދި. ދިހަ ގަޑި އިރުވަންދެން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލިސް ކުރާ ގޭގައި އިންނެވުމަށްފަހު
މަޖިލިސް ކުރިއަށް ނުގެންދެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދުވަހުގެ ޖަލްސާ
ނިންމާލެއްވީ ހުރިހާ ޕާޓީއަކާވެސް ވާހަކަ ދެއްކެވުމަށްފަހު ހައްލެއް ހޯއްދެވުމަށް
ކަމަށްބުނެ.
މަޖިލިސް ކުރިއަށް
ގެންދިއުމަށްޓަކައި ހުރިހާ ޕާޓީއަކާވެސް ގުޅިގެން ވާހަކަ ދެއްކުމަށް ތައްޔާރައް
މަޖިލީހުގެ ރައީސް ހުންނެވި ނަމަވެސް އެމްޑީޕީން ހުށަހަޅަމުންދަނީ މުޅިންވެސް
އެޕާޓީގެ މަސްލަހަތު ހުރިކަންތައްތަކެއް. ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ
މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު، މަޖިލިސް ހުޅުވުމުގެ ކަންތައްތައް
ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް
މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކުރިއަށް ގެންދެވި މަޝްވަރާތަކުން އެއްވެސް ހައްލެއް ލިބިފައި ނުވޭ.
މީޑިއާއަށް މިކަމާ
ގުޅޭ އެއްވެސް ތެދު މައުލޫމާތެއް ދީފައިނުވިނަމަވެސް، ސިއްރު
ބައްދަލުވުންތަކުގައިވެސް ޝަރުތަކެއް ހުށަހަޅާނެކަން ޔަޤީން. އެ ޝަރުތު ތަކަކީ އަގަބަހުން
ބުނެ ނިމިގެންދާ ކަންތައްތަކަށް ވީނަމަވެސް ރާއްޖޭގެ ގާނޫންއަސާސީއަށްވުރެެ
ބާރުވެރިއެއް ނުވެވޭނެ. އެހެންކަމުން އެމްޑީޕީން އިންތިޚާބަކަށް ގޮވާލާ ގޮވާލުމަކީ
އެފަރާތުގެ ޝަރުތަކަށްވާނަމަ އެކަން ދެންވާނީ ކިހިނަކުންކަމާމެދުވެސް ސުވާލު
އުފެދޭ. ގާނޫން އަސާސީ އިސްލާހުނުކޮށް އެކަން ނުކުރެވޭކަމަށްވާނަމަ މަޖިލިސް
ޖެހޭނީ ބާއްވަންކަންވެސް އެގެންޖެހޭނެ. އަދި ހަމަ ފާހަގަކޮށްލެވޭ އެއްކަމަކީ މާދަމާގެ
މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވައިފިނަމަ އެމްޑީޕީން
ސަރުކާރުގެ ލެޖިޓިމެސީ ނޫންނަމަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާމެދު އުފައްދަމުން
ދިޔަ ސުވާލަށްވެސް ޖަވާބުލިބިގެންދާނެ. ރައީސް ވަހީދު މަޖިލީހުގެ ތަޅުމަށް ރިޔާސީ
ބަޔާން ހުށަހަޅައިފިނަމަ ސަރުކާރުގެ
ގާނޫނީ ހައިސިއްޔަތާމެދު އެމްޑީޕީން އުފައްދަމުންދާ ސުވާލުގެ ނިމުން އަންނާނެ. އޭރުން "ބާޣީ"
ސަރުކާރެއް ނޯންނާނެ.
ޙަބަރު ލިބިފައިވާ
ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންވަނީ ހޫނު ބަހުސްތަކެއް ކުރުމަށްފަހު
މާދަމާގެ ޖަލްސާއަށް ރައީސް ޑރ. ވަހީދު ނުވައްދަވާ އިހްތިޖާޖް ކުރައްވާނެކަމަށް
ބުނެފަ. އެހެންކަމަށްވާނަމަ ސުލްހަވެރިކަމާއެކު
މަޖިލިސް ހުޅުވުމަށް ބާރު އެޅުއްވުމަށް
މައިނޯރިޓީ ލީޑަރާ މެޖޯރިޓީ ލީޑަރާ އެކު ވަކިވަކި ބައްދަލުވުންތަކެއް މަޖިލީހުގެ ރައީސް ކުރިއަށް ގެންދެވި އެބައްދަލުވުންތަކުން އެއްވެސް ހައްލެއްނުފެނުނުކަން ޔަގީން.އަދި ކުރިން ދުވަހު މަޖިލީހުގެ
ތަޅުމުގައި ކުރިން ހިގައިދިޔަ މަންޒަރުތައް މަޖިލީހުގެ ތަޅުމުން
ފެނިގެންދިއުމަކީވެސް ގާތްކަމެއް. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވަން
މާދަމާ ބާއްވާ ޖަލްސާގައި ކަންތައް ވެދާނެ
ގޮތްތަކާ މެދު މިހާރު ވަނީ އެތައް ސުވާލެއް އުފެދިފަ. މި މަހު އެއްވަނަ ދުވަހު އެމްޑީޕީ
މެމްބަރުންގެ ފަރާތުން ފެނުނު ކަންތައް ތަކުރާރު ވެދާނެތޯ ނުވަތަ އެ މެމްބަރުން މާދަމާ ދޫދެއްވާނެތޯ އެއީ
އެންމެ ބޮޑު ދެ ސުވާލު.
ގާތްގަނޑަކަށް ދެ
ހަފުތާ އަށް ފަހު އަލުން އެ ޖަލްސާ
ބާއްވާއިރު، އޭރާއި މިހާރުގެ ހާލަތު ކޮންމެވެސް ވަރަކަށް ވަނީ ތަފާތުވެފަ. އެގޮތުން ކުރީ ފަހަރު ޖަލްސާ
އަށް ހުރަސް އެޅުއްވި ބައެއް މެމްބަރުންގެ
ވިސްނުން ތަފާތުވިނަމަވެސް ސިޔާސީ ގޮތުން ދެފަރާތުން ދައްކަވަމުން ގެންދަވަނީވެސް
ވަރަށް ހަރުކަށި ގޮތްދޫނުކުރުމުގެ ވާހަކަތަކެއް. އެހެންނަމަވެސް އެދުވަހުގެ ޖަލްސާ
އަށް ހުރަސްއެޅުއްވި މެމްބަރުން މިހާރު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލިސް ނުހުޅުވައި
ސިޔާސީ ހަލަބޮލިކަން ފިނިކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ބުނޭ. މި ގޮތަށް ވަކާލާތު ކުރައްވަނީ
އެމްޑީޕީގެ ތިރީސް ދެ މެމްބަރުންގެ ތެރެއިން
ގާތްގަނޑަކަށް އަށެއްކަ މެމްބަރުން.އެކަން މިއަދު އެމްޑީޕީން ބޭއްވި ބައްދަލުވުމުންވެސް ފެނި ހާމަވެގެންދޭ.
މާދަމާގެ ޖަލްސާ
ހިގާނެ ގޮތަށް ބަލާއިރު ރައީސް އަބްދުﷲ ޝާހިދަށް ޗެމްބަރަށް ވަދެވަޑައިގެން ރިޔާސަތުގައި އިންނެވެން ޖެހޭނެ. ޗެމްބަރުގައި
ހިނގާ ކަމެއް ކުރިއަށް ގެންދެވޭނީ އޭގެ ފަހުން. ގާނޫނު އަސާސީ ބުނާ ގޮތުން ކޮންމެ
އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ޖެހޭ.
ليست هناك تعليقات:
إرسال تعليق