ދުނިޔޭގެ
އެންމެ ގިނަ އަހަރުވީ ދިހަ ގަހުގެ ތެރޭގައި ޒައިތޫނި ގަސް ހިމެނޭ. ޒައިތޫނި ގަހަށް
މިހާރު ގާތްގަނޑަކަށް ދެހާހަށް ވުރެވެސް ގިނަ ދުވަސްވެދާނެ. ޒައިތޫންޏަކީ މުހިއްމު
މިނަރަލް އާއި ވިޓަމިން އިން މުއްސަނދިވެފައިވާ އެއްޗެއް.
އެގޮތުން ވިޓަމިން އޭ، އީ، ޑީ އަދި ކޭ ހިމެނޭ.
ތެލުގެ
އަސްލުކަމަށްވާ ޒައިތޫންޏަކީ މީގެ އެތަކެއް ޒަމާނުއްސުރެން މީހުން ބޭނުން ކުރަމުން
އަންނަ އަޖައިބުކުރުވަނިވި އެތަކެއް ސިއްރެއް އެކުލެވިގެންވާ އެއްޗެއް. ދުނިޔޭގެ
ހުރިހާ ހިސާބެއްގަވެސް އެއްވެސްކަހަލަ ދެބަސްވުމެއްނެތި ބޭނުންކުރަމުންދާ މިތެލަކީ ވަރަށް ގިނަ
ސިއްހީ ފައިދާތަކުގެ އިތުރުން ޒީނަތްތެރިވުމަށް ބޭނުންކުރަމުން އަންނަ ތެލެއް. މި
ތެޔޮ އާންމުކޮށް ކެއްކުމުގަ ބޭނުން ކުރިނަމަވެސް އާންމުކޮށް އަޅުގަނޑުމެން
ބޭނުންކުރާ ރީތިވާ
ސާމާނުގެ ތެރެއިން ކްރީމާއި ލޯޝަން އަދި މޮއިސްޗަރައިޒާ ފަދަ މޫނާއި
ގައިގައި އުނގުޅާ ތަފާތު ތަކެތީގެ އިތުރުން މި ތެލަކީ މަސާޖްކުރުމުގައި ވެސް ބޭނުންކުރަން
އެންމެ ރަނގަޅު އެއް ތެޔޮ. އަދި މިއީ އަންހެނުންގެ ޒީނަތްތެރިކަމަށްވެސް އެމީހުން
އެތަކެއް އަހަރުތަކެއް ވަންދެން ބޭނުން ކުރަމުން އަންނަ ބޮޑު ސިއްރު. އިސްތަށި ގަނޑަށާއި
މޫނުގެ އިތުރުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމަށްޓަކައިވެސް މި ތެޔޮ ބޭނުން
ކުރެވޭ.
ޒީނަތްތެރިވުމަށް
ޒައިތޫނި ތެޔޮ ބޭނުން ކުރުން
· ހަންގަނޑު މޮއިސްޗަރައިޒް ކުރުމަށް ބޭނުން ކުރުން.
· މޭކަޕް ކުރުމަށްފަހު އިތުރު މޭކަޕްރިމޫވަރ އެއް
ބޭނުންނުކޮށް ޒައިތޫނި ތެލުގެ އެހީއިން އެކަން ކުރެވިދާނެ.
· ޝޭވްކުރުމަށް ބޭނުން ކުރާ ކްރީމަށްވުރެން ޝޭވްކުރުމަށް ޒައިތޫނި
ތެޔޮ މާބޮޑަށް އެހީތެރިވެދޭ.
· މިއީ ދިރުމެއްނެތް ހަލާކުވެފައިވާ އިސްތަށިގަނޑަށްވެސް
ދެވޭނެ އެންމެ ރަގަޅު އެއް ފަރުވާ.
· ލޮލުގެ ތިރީބައި ކަޅުވުމާއި ލޯ ކައިރީގައި ހުންނަ
ރޫތައްވެސް ފިލުވުމަށް ޒައިތޫނި ތެޔޮގެ ބޭނުން ކުރެވިދާނެ.
· ޒައިތޫނި ތެލުން ލިބޭ ކާނާއަކީ މައިމީހާގެ ގާތުުންދޭ ކިރާ
އެއްވަރުގެ ފައިދާއެއް ލިބިދޭ ކާނާއެއް.
· ނިޔަފަތި އޮމާން ކުރުމަށާއި ތުންފަތުގެ ހިކިކަން ކަނޑުވާލާ
ރީތި ތުންފަތަކަށްވެސް ޒައިތޫނި ތެޔޮ ބޭނުން ކުރެވިދާނެ.
· ކުޑަ ހަކުރުކޮޅެއް އެޅުމަށްފަހު މޫނުގަޔާއި ގައިގައި މި
ތެޔޮ ބޭނުން ކުރުމުން ލިބޭ ފައިދާ ބޮޑުވޭ.
· ރީތި ފައިތިލައަކަށްވެސް މި ތެޔޮ ބޭނުން ކުރެވިދާނެ.
· މޫނުގެ މަސާޖަކަށް ނިދަން އޮށޯތުމުގެ
ކުރިން ޒައިތޫނި ތެޔޮ މޫނުގައި އެޕްލައިކުރުން ރަގަޅު.
· ބޮޑީ ލޯޝަންގެ ގޮތުގައި ވެސް މި ތެޔޮ ބޭނުން ކުރެވިދާނެ.
ހަންގަނޑު
ދެކެ ލޯބިވެ ހަންގަނޑަށް ރަނގަޅު ފަރުވާ ދޭނަމަ ހަމުގެ ރީތިކަން ގިނަ
ދުވަހަށް ދެމެހެއްޓޭނެ. އެގޮތުން ޒައިތޫންޏަކީ އޭގައި ނޭގޭ އެތަކެއް ސިއްރެއް
އެކުލެވިގެންވާ ގުދުރަތީ މޮޅު ވަސީލަތެއް.