ކެނެޑާގެ ސީބީސީ ޓީވީގެ ޕްރޮގްރާމެއް ކަމަށްވާ ޖޯޖް ސްޓްރޮމްބުލް ޕޮލަސް ޓްނައިޓް
ޕްރޮގްރާމްގަ ވާހަކަ ދައްކަވަމުން"ދަ އައިލެންޑް ޕްރެޒިޑެންޓް" އުފައްދަމުން ދިޔަކަން
އެނގިވަޑައިނުގަންނަވާ ކަމަށް
އެމަނިކުފާނުވަނީ ވިދާޅުވެފަ. އެހެންނަމަވެސް "ދަ އައިލެންޑް
ޕްރެޒިޑެންޓް" ހަދަމުން ދިޔައިރު އެފިލްމަށް ހާއްސަކޮށްގެން ވީޑިއޯތަކެއް ރާއްޖޭގައި ވަނީ
ތައްޔާރުކޮށްފަ. އަދި ބައެއް ވީވިޑޯތަކުގައި ރައީސް ނަޝީދުގެ ޝޮޓް ތަކެއްވެސް
ނަގާފައިވޭ. އެގޮތުން 100 މިނިޓުގެ މި ފިލްމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ
އިސްވެރިން 2009 ވަނަ އަހަރު
ކޯޕަންހޭގަންގައި ބޭއްވުނު ތިމާވެއްޓާބެހޭ ޖަލްސާއަށް ވެވަޑައިގެންނެވި
ތައްޔާރީތައްވެސް ދައްކުވައިދޭ. އަދި ހަމަ އެފިލްމު ހަދަމުން ދާކަން ރާއްޖޭގެ މީޑިއާ
މެދުވެރިކޮށް ވެސް ވަނީ ކޮށްފަ.
ސީބީސީގެ އިންޓަރވިޔުގައި ތެޔޮ ކުންފުނިތަކުން ކުރާ ފަދައިން މަޝްހޫރުކަން
އިތުރުކުރުމަށް ހަރަދުކުރާނެ
ފައިސާ ރާއްޖޭގައި ނެތްކަމަށާއި އެހެންވީމާ ދެއްވަން ބޭނުންފުޅުވާ
މެސެޖް ދެއްވުމަށް އަމިއްލަ ފުޅަށް ކުރެއްވެން އޮންނަ ގޮތަކަށް
މަސައްކަތް ކުރައްވާން ޖެހިވަޑައިގެންނަވާކަމަށް ކަމަށް ރައީސް ނަޝިދު
ވިދާޅުވުމުން ފިލްމު ހެދީ އެހެންވެތޯ ޝޯ ހުށައަޅަމުން ދިޔަ ޖޯޖް
ސުވާލުކޮށްލުމުން ސީދާ ޖަވާބު އެމަނިކުފާނު ދެއްވާފައިނުވިނަމަވެސް
ވިދާޅުވެފައިވަނީ ކެމެރާތައް އެމަނިކުފާނަށް އަމާޒުކޮށްފައި ހުންނަކަން
އެގިވަޑައިގެންނެވިނަމަވެސް އެފަދަ ފިލްމެއް ވީޑިޔޯތަކާ ފޮޓޯތައް ބޭނުންކޮށްގެން
ހަދައިފާނެ ކަމެއް އެނގިވަޑައި
ނުގަންނަވާ ކަމަށް. "އަހަރެން ފިލްމެއް ނުހަދަން، ފިލްމެއް ހަދާކަށް
ނުނިންމަން، ފިލްމެއް ހަދާކަށް ހަރަދެއް ވެސް ނުކުރަން. އަދި އަހަންނަކަށް ނޭނގޭ މިވަރުގެ
ބޮޑު ފިލްމެއް އަންނަ ކަމެއް،" ސީބީސީ އިންޓަރވިޔުގައި ރައިސް ނަޝީދު
ވިދާޅުވެފައިވޭ.
އަދި ފިލްމް ހެދި މީހުން ރައީސް
ނަޝިދު އަރިހުގައި އެ ވާހަކަ ނުދަންނަވާތޯ ސީބީސީގެ ހޯސްޓަރ ސުވާލު ދެންނެވުމުން
ވިދާޅުވެފައި ވަނީ ސޮއިކުރަން ކަރުދާސް ކޮޅުކޮޅު އަބަދުވެސް ގެންނަ
ކަމަށާއި ގެނައިމާ ސޮއިކުރައްވާ ކަމަށް.
އެހެންނަމަވެސް ޕްރެސް ސެކެޓްރީ މުހައްމަދު ޒުހައިރު މީޑިޔާތަކަށް މައުލޫމާތު
ދެއްވަމުން ވިދާޅުވެފައިވަނީ "މިއީ ސަރުކާރުންއެއްވެސް ޚަރަދެއްނުކުރައްވާ،
ފިލްމް އުފެއްދެވި ފަރާތުން 2 މިލިއަން އެމެރިކާޑޮލަރު ޚަރަދުކުރައްވައިގެން
ކުރިކަމެއް. ސަރުކާރުން ހަމައެކަނި
މިކަމުގެ ހުއްދަދެއްވީ. ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެ
ވަޑައިގެންނެވުމަކީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއްލީބޭނެކަމެއް.
ފަތުރުވެރިކަމާއި ރާއްޖޭގެ ތިމާވެށިރައްކާތެރިކުރުމަށޤ ވެސް. ދުނިޔޭގެ ސަމާލުކަން
ރާއްޖެއަށް ހުއްޓިގެންދާނެ." ކަމަށް.
ކެނެޑާގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި
އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ
އެކްޗްއަލް ފިލްމްސްގެ
އިސް ވެރިންނަށް ތަޢުރީފް ކުރައްވައި ޝުކުރުއަދާ ކޮށްފަ. އަދި މިފިލްމުގައި
ރައީސުލްޖުމްހޫރިއްޔާގެ ބައެއް މަސައްކަތްޕުޅުތަކާއި ރާއްޖޭގެ ނާޒުކު
ތިމާވެށްޓާބެހޭގޮތުން އަލިއަޅުވާލާފައިވާތީ އެކަން އެމަނިކުފާނުވަނީ
ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފަ.
އައިލެންޑް ޕްރެޒިޑެންޓްގެ އިފްތިތާޙީ ރަސްމިއްޔާތުގައި
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީއާއި
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި ޕްރެސް ސެކްރެޓެރީ
މުޙަންމަދު ޒުހައިރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ.
މި ފިލްމުގެ ވާހަކައާއި ފިލްމުގައި ހިމަނާނެ ބައިތައް ކަނޑައަޅައި ފިލްމު
އުފެއްދުމުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެމެރިކާގެ ސެންފްރެންސިސްކޯގައި ޤާއިމްވެފައިވާ
އޮސްކާ އަދި އެމީ އެވޯޑް ހޯދާފައިވާ ޑޮކިއުމެންޓަރީ ފިލްމު އުފައްދާ
ކުންފުނި އެކްޗުއަލް ފިލްމްސްއިން. ފިލްމު ހެދުމަށް ހިނގި ހުރިހާ ޚަރަދެއް
ކޮށްފައިވަނީ، އެކްޗުއަލް
ފިލްމްސްއިން، ފޯޑް ފައުންޑޭޝަނާއި، އެމެރިކަން ކޯޕަރޭޝަން ފޯ ޕަބްލިކް
ބްރޯޑްކާސްޓިންގއާއި، މެކްއާތަރ ފައުންޑޭޝަނާއި، އެޓްލާންޓިކް ފައުންޑޭޝަނާއި، ސަންޑާންސް
އިންސްޓިޓިއުޓް އަދި އެމެރިކާގެ ހެޔޮއެދޭ އެކި ފަރާތްތަކުން
ހޯދާފައިވާ ހިލޭ އެހީގެ ދަށުން.
މިފިލްމު ރާއްޖޭގައި އެޅުވުމަށް ހަމަޖެހިފައިވަނީ
މި އަހަރުގެ ފަހުކޮޅު.
އަދި އެމެރިކާގެ ޓީވީ ޗެނަލްތަކުން މި ފިލްމު 2012 ވަނަ އަހަރު ދެއްކުމަށް
ވެސް ވަނީ ހަމަޖެހިފައި.
http://www.youtube.com/watch?v=3b5PoJDEQAU
http://www.youtube.com/watch?v=3b5PoJDEQAU
hus dhogu hadhaa raeeseh....boa halaaku
ردحذفhahahahah neygumehge thereyga film kulhevune.
ردحذفhabarakah vaa kahala habaru liyebala.. nasheedh ehen buni iru eyna ebuni ehchegga maana engeytha? mihen mibunee e documentary ge baeh manzaru thah nagaafa vanee nasheed raees kamugai hure aammu dhiri ulhumuge dhuvas dhaa gothuge mahchah.. emanzaru thakakee plan koffaivaa ehcheh noon nuvatha story eh noon. okay?
ردحذف