"އާއިލީ ވެރިކަމަށް ޓާޓާ. ބާއި
ބާއި. ސަލާމް. ޑީއާރުޕީ ދެގޮތެއްނުވެކުރިއަށް" މިއީ ޑީއާރުޕީއަށް ނިސްބަތްވާ
ކެލާ ދާއިރާގެ މެންބަރ އަބްދުﷲ މައުސޫމް އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔެފައިވާ
ޖުމްލައެއް. މީގެ އިތުރުން ޑީއާރުޕީ ނިންދަވާލީ މައުމޫންކަމަށާއި ޑީއާރުޕީ މިހާރު
ހޭލައިފިކަމަށްވެސް ލިޔެފައިވާ ސްޓަޓަސްއެއް މައުސޫމް ފޭސްބުކްގައި ލިޔެފައިވޭ. ޕީޕީއެމްގެ
ވަގުތީ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަހުލޫފް އޭނާގެ
ފޭސްބުކްގައި ލިޔެފައިވަނީ "ދެން ކުރިއަށް އޮތްތަނުގައި ހަމަގައިމުވެސް
ޑީއާރުޕީ އޮންނާނީ އެއްކޮށް ނިދާފަ. ތަސްމީން އާއި އެކު ތިބީވެސް ކެލާ ދާއިރާގެ
މެންބަރ އަބްދުﷲ މައުސޫމް ކަހަލަ ނިދާފަ ތިބި ދެތިން މެންބަރުންކަން އެންމެނަށްވެސް
އެނގޭ." ކަމަށް ބުނެ މައުސޫމްއަށް ރައްދުދީފަ.
ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި މައުމޫން އަބްދުލް ގައްޔޫމް
ޑީއާރްޕީއަށް ނިސްބަތްކޮށް ހަގީގަތާއި ހިލާފް ބޮޑެތި ދޮގު ހިމެނޭގޮތަށް އަދި
ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަފުޅު ދައްކަވާތީ އެކަމާއި ހިތާމަކުރާކަމަށް
ޑީއާރްޕީން ބުނެ ވަނީ ނޫސްބަޔާނެއް ނެރެފަ. އަދި މި ނޫސްބަޔާނުގައި ނިމިގެންދިޔަ
ރިޔާސީ އިންތިޚާބުގައި ޑީއާރުޕީ ބަލިވެގެންދިޔައީ އޭރު ޑީއާރުޕީގެ ކެނޑިޑޭޓް
މައުމޫން އަބްދުލްގައްޔޫމް ބަލިވެ އިންތިޚާބުގެ ކެމްޕޭންގައި އާއިލީ ކަމެއްގެ
ގޮތުގައި ހިންގުމުންކަމަށްވެސް ޑީއާރުޕީން ނެރުނު ބަޔާނުގައި ބުނެފައިވޭ.
ނިމިގެންދިޔަ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށްބަލާއިރު
ރައީސް މައުމޫންގެ ކެބިނެޓްގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ގިނަ
ބޭފުޅުންވަނީ އޭރުގެ އިދިކޮޅު އެމްޑީޕީއާ ގުޅި ބަދަލަކަށް ވޯޓްދީފަ. ޑީއާރުޕީން ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ
ކަންތައްތަކަށް ބަލާއިރު ތަސްމީނުގެ ލީޑަރ ޝިޕަށް މައުމޫން ފާޑުކިޔުއްވާއިރު ތަސްމީނުގެ
ލީޑަރ ޝީފްގައި ބޮޑެ ދެ އިންތިހާބް
ޑީއާރްޕީއަށް ކާމިޔާބްކޮށްދީފައިވާއިރު މައުމޫންގެ ޒައާމަތުގައި ޕާރޓީ
ސަރުކާރުގައި އޮވެމެ އެންމެ އިންތިހާބެއްވެސް ކާމިޔާބް ކުރެވިފައިނުވާކަން
ފާހަގަކޮށްފައިވޭ.
ތަސްމީނުގެ ލީޑަރ ޝިޕްގައި މަޖްލީހުގެ މެމްބަރުން ޕާޓީން ކެނޑެމުން
ގެންދާކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވަމުން
ޑީއާރުޕީން ބުނެފައިވަނީ އެމަނިކުފާނުގެ ލީޑަރ ޝީޕްގައި މަޖްލީހަށް
އައްޔަންކުރެއްވި އަށް މެމްބަރުން މަޖްލީހުގައި ތިބެމެ މަޖްލީހުގެ މެޖޯރިޓީ
ޑީއާރްޕީއަށާއި މައުމޫންނަށް ގެއްލިފައިވާކަމަށާއި އަދި އަމިއްލަ ކޮއްކޯފުޅު
އަބްދުﷲ ޔާމީން ޑީއާރްޕީގެ ގިނަ މެމްބަރުންނާއި އެކު ޕާޓީ ދޫކޮށް އެހެން
ޕާޓީއެއް ހެއްދެވިކަން މައުމޫން ހަދުމަފުޅުނެތީތީ އެކަމާއި ހިތާމަކުރާކަމަށްވެސް
ޑީއާރްޕީގެ ބަޔާނުގައިވޭ.
ދާދި ފަހުން ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދި ޕްރޮގްރަސިވް
ޕާޓީ އޮފް މޯލްޑިވްސްގައި އެމަނިކުފަނުގެ ކޮށްކޯފުޅު އަބްދުﷲ ޔާމީންއާއި އާއިލާގެ
ގިނަ މެންބަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވޭ.
ސިޔާސީ ފަރާތްތަކުންނާ އާންމުންގެ ގިނަ ބަޔަކު ބުނަމުންދާގޮތުގައި ޑީއާރުޕީ
ބައިބައިވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ރައީސް މައުމޫން.
ހަމައެގޮތަށް ތަސްމީން އަލީގެ ޒިންމާވެސް ވަރަށްބޮޑުކަން އެފަރާތްތަކުން
ފާހަގަކުރޭ.
ދާދިފަހުން ނޫސްވެރިންނާ ބައްދަލުކުރައްވަމުން މައުމޫން ވިދާޅުވެފައިވަނީ
ވެރިކަމުގައި ހުންނެވިއިރުވެސް އަދި މިޙާރުވެސް ވަރަށް ބޮޑު ތާއީދެއް އޮތްކަން
އެނގިވަޑައިގެންނެވިކަމަށާއި އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ފަރާތަކުން
އެއްޗެއް ވިދާޅުވި އަޑު ނައައްސަވާކަމަށް.
ރާއްޖޭގެ ސިޔާސީ
މަސްރަހުގަޔާއި އިންޓަރނެޓާ އަދި މީޑިޔާތަކުގައި ސިޔާސީ ގޮތުން ރާއްޖެއަށް އަންނަ
ބަދަލާގުޅިގެން ލިޔެފައިވާ ޚަބަރުތަކުގެވެސް އެންމެބޮޑު ބަހުސެއް ކުރެވެމުންދަނީ
ރައީސް މައުމޫންގެ އާއިލީވެރިކަމާ އަދި ޑީއާރުޕީގެ ކުރިމަގު ބައްޓަންވެގެންދާނެ
ގޮތަކާމެދު. މީގެ އިތުރުން މިހާރުގެ ސަރުކާރަށްވެސް ވަރަށް ބޮޑު ފާޑު ކިޔުންތަކެއް
އަމާޒުވަމުން އަންންކަން ފާހަގަކުރެވޭ.
ليست هناك تعليقات:
إرسال تعليق