ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޖިނާއީ ކުށުގެ
ރުކުންތައް ފުރިހަމަވާ ގޮތަށް މަޖިލީހުގެ މެންބަރުން ހިންގަވާފައިވާ ކަންްތައް
ބެލެވެންޖެހޭނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒު މުޙައްމަދު
ނަޝީދު ވިދާޅުވެއްޖެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު |
ދިޓީވީ ޚަބަަރުތެރެއިން ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މައްޗަށް މަޖިލީހުގެ
ނިޒާމުގެ އެތެރެއިންނާއި ބޭރުންވެސް މަޖިލީހުގައި ހިންގަމުންދާ ކަންތައް ބެލޭނެކަމަށާއި
އެހެންނަމަވެސް ބައެއް ފަރާތްތަކަށް ވިސްނިފައި އޮންނަނީ މަޖިލީހުގެ
ޗެމްބަރުތެރެއަށް އާންމު ގާނޫނެއް ނުހިންގޭނެ ކަމަށާއި ހަމައެކަނި ހިންގޭނީ
މަޖިލީހުގެ ގަވާއިދު ކަމަށް. ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންްނަށް ލިބިދޭ
އިމްތިޔާޒެއް ލިބިދެނީ ހަމައެކަނި އެމަޖިލީހުގެ މެންބަރަކު މަޖިލީހުގެ
ޖަލްސާއެއްގައި ދައްކާ ވާހަކައެއް އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާހާ ހިނދަކު
ކަމަށާއި އަދި ވޯޓު ދޭއިރު ވޯޓުދޭ ގޮތަކާ ހިސާބަށް ކަމަށް. އަދި އެއަށްވުރެ
ފުޅާކޮށް މަޖިލީހުގެ މެންބަރެެއްގެ އިމްތިޔާޒް މާނަކުރާނަމަ ވެސް ކުރެވޭނީ ޤާނޫނީ
ގޮތުން އެ މެންބަރަކު އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތަށް ނޫނީ ވާޖިބަށް
އެހެންފަރާތަކުން ހުރަސްއެޅުމުގެ ސަބަބުން އެމެންބަރަކަށް އެ މަގާމުގެ
މަސްއޫލިއްޔަތު އަދާނުކުރެވޭ ހިސާބަށް ކަންތައް ދިއުމުން ކަމަށް. އެއީ މުޅި
މަޖިލީހުގެ އިމްތިޔާޒަށް ބެލިކަމުގައިވިޔަސް މަޖިލީހަށް މަޖިލީހުގެ ދައުރު
އަދާނުކުރެެވޭ ހާލަތަށް ދިއުން ނުވަތަ މަޖިލީހުގެ މެންބަރަަކަށް އެމެންބަރެއްގެ
ދައުރު އަދާނުކުރެެވޭ ހިސާބަށް ދިއުމުންކަމަށް ވެސް ނަޝީދު ވިދާޅުވި.
މިދިޔަ
ހޯމަދުވަަހު މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ
އެއީ އެހެން ގައުމެއްގެ މަޖިލީހެއްގެ ނަމަ އެ މެންބަރުން ސަސްޕެންޑް ކުރާނެ ކަމަށް.
އަދި އެދުވަހު ހިނގައިދިޔަ ކަންތައްތަކުގެ ޒިންމާވާ ފަރާތްތަކަށް އަދަބު ދެވެން ޖެހޭނެ
ކަމަށް ވެސް ނަޝީދު ވިދާޅުވި.
ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މައްޗަށްވެސް އާންމު
ގާނޫން ހިނގާނެކަމަށާއި އާންމުކޮށް މިހިނގާ މާރާމާރީ ހިންގުމާއި ތަކެއްޗަށް
ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ޤާނޫނު ހިންގޭނެ ކަންތައްތަކެއް ކަމަށް. އަދި މަޖިލީހުގެ ގަވާއިދަކީ މުޅި މަޖިލީހަށް މަޖިލީހުގެ ކަރާމަތާއި ގަދަރާއި އަބުރަށް ވަރަށްބޮޑަށް ބެލުމަށްފަހު ހަދާފައިވާ ގަވާއިދެއްކަމަށާއި އަދި އެކަންތައް ދެމެހެއްޓުމަކީ ކޮންމެ މެންބަރެއްގެ މަސްއޫލިއްޔަތެއްކަމަށްވެސް ނަޝީދު ވިދާޅުވި.
ليست هناك تعليقات:
إرسال تعليق