9/07/2011

ޕީޕީއެމްގަ ތިއްބެވީ ސިޔާސީ ހަތުރުންނަށް ވުރެވެސް ނުބައިބައެއް- ތަސްމީން



ޑީއާރުޕީގެ  ލީޑަރ އަހުމަދު ތަސްމީން އަލީ
ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ތިއްބެވީ ސިޔާސީ ހަތުރުންނަށްވުރެވެސް ނުބައިބައެއް ކަމަށާއި ޑީއާރުޕީގެ މެންބަރުން ޕީޕީއެމް ބަލައިގަންނަން ނުޖެހޭނެކަމަށް ޑީއާރުޕީގެ  ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ.

މިއަދު ޑީއާރުޕީން ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ، ޑީއާރުޕީގައި އުޅުއްވި ބައެއް ބޭފުޅުން އެޕާޓީން ވަކިވެ ވަޑައިގަތީ ޑީއާރުޕީގެ ޑިމޮކްރެޓިކް ނިޒާމް ބަލިކަށިވެގެން ނޫންކަމަށް. އަދި އެއީ ވަކި ބަޔަކު ބޭނުންވާގޮތަށް ޕާޓީ ހިގަމުން ނުދާތީ ކަމަށް ވިދާޅުވި. "ލީޑަރ ޝިޕްގައި ހުރި މީހެއްގެ އަގުވައްޓާލަން މަސައްކަތްކުރި. ޑީއާރުޕީއަށް އަތްގަދު ނުވީމަ އެހެންޕާޓީއެއް އުފެއްދީ." ތަސްމީން ވިދާޅުވި.

ކެންދޫދާއިރާގެ މެންބަރ އަހުމަދު ތަސްމީން ވިދާޅުވީ، މިއަދުގެ ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމަށާއި ޑީއާރުޕީން އެމްޑީޕީއާ ގުޅިގެން މައްސައްކަތް ކުރާކަމަށް ބުނެ ދެކެވެމުންދާ ވާހަކައަކީ ސިޔާސީ ގޮތުން އެއްވެސް ބަރުދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށް.

ރައީސް މައުމޫން އުފެއްދެވި ޕްރޮގްރަސް ޕާޓިއަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ، ޕީޕީއެމްއިން އެޕާޓީ ހިންގާނީ ވަރަށް ރީތި ޑިމޮކްރަޓިކް އުސޫލުން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިޔަސް އެކަން ގަބޫލް ނުކުރައްވާނެ ކަމަށް. ތަސްމީން ވިދާޅުވީ "އެބޭފުޅުންނަކީ އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމަށް އިހްތިރާމް ނުކޮށް އަދި ޕާޓީގެ އަސާސީ ގަވާއިދަށްވެސް އިހްތިރާމް ނުކުރި ބައެއް. ޑީއާރުޕީގެ މީހުންނެއް ނުދޭ އެޕާޓީ ދޫކޮށްފަ. ނުވެސްދާނެ." ކަމަށް.

ليست هناك تعليقات:

إرسال تعليق