އަބްދުﷲ
ގާޒީ އެކަހެރިކޮށް ގިރިފުށީގައި ބެހެއްޓުމަކީ ޑިފެންސް މިނިސްޓަރުގެ ނިންމެވުމެއް
ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.
ކުރީގެ
ސަރުކާރުން ކްްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި
މައްސަލައިގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯޅްޑިވްސް އަށް
ބަޔާނެއް ދެއްވުމަށްފަހު ނޫސްވެރިންނާ ވާހަަކަ ދައްކަވަމުން ރައީސް ނަަޝީދު
ވިދާޅުވީ، ފުލުހުން އަބްދުﷲ މުހައްމަދުގެ މައްސަލަ ބަލާފައިވަނީ އޭނާއާ ގުޅޭ
ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް
ހުށަހަޅުމުންދާތީ އެ މައްސަލަތައް ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި
ހޯމް މިނިސްޓްރީއަށް
ރައީސް އޮފީހުން ހުށަހެޅުމުން ކަމަށް.
އިސް
ގާޒީ ހައްޔަރު ކުރި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ
މައްސަލައިގައި
ފިޔަވަޅު އަޅާފައި ވަނީ ޑިފެންސް މިނިސްޓްރީން ކަމަށާއި އެ މިނިސްޓްރީން ފިޔަވަޅު
އަޅާފައި ވަނީ ހޯމް މިނިސްޓްރީން އިސް ގާޒީއާ މެދު ފިޔަވަޅު އެޅުމަށް
އެދުމުން ކަމަށް. އެގޮތުން ފުލުސް އޮފީހުގެ ފަރާތުން މައްސަލަ
ތަހުގީގުކުރުމަށްޓަކައި އަބްދުﷲ މުހައްމަދަށް ޗިޓެއް ފޮނުވުމުންވެސް އިސް ގާޒީ ޗިޓަށް ހާޒިރުވެވަޑައިނުގެންނެވިކަމުގެ
މައުލޫމާތު ލިބުނު ކަމަށާއި އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ލިޔުއްވީ މިނިސްޓްރީ އޮފް
ޑިފެންސަށް އަބްދުﷲ މުހައްމަދު ކޯޓުތަކަށް ވަދެވަޑައިގެން އުޅުއްވުމަކީ ގައުމީ
ސަލާމަތަށް ހުރި
ނުރައްކަލަކާ ގެއްލުމެއް ކަމަށް. އެ ގޮތުން އެ މިނިސްޓްރީން އަޅުއްވަން
ބޭނުންވާ ފިޔަވަޅެއް އެޅުއްވުމަށް. މީގެ އިތުރުން އިސް ގާޒީ އަބްދުﷲ މުހައްމަދަށް
އެއްވެސް ލާއިންސާނީ އަނިޔާއެއް ލިބޭތޯ ކަށަވަރުކުރުމަށްޓަކައި ސްޕެޝަލް
އެންވޯއީ އިބްރާހިމް
ހުސެއިން ޒަކީއަށާ އަދި ޑިފެންސް މިނިސްޓަރާއި ޔޫތު މިނިސްޓަރު އަރިހުން އެދުނު
ކަމަށް.
ކުރީގެ
ސަރުކާރުން ވަނީ އަބްދުﷲ ގާޒީ އެކަހެރިކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގާޒީ
ގެންގޮސް 22 ދުވަހު ގިރިފުށީގައި ބަހައްޓާފަ.
ރައީސް
ނަޝިދު އެޗްއާރުސީއެމް އަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ގާނޫނީ ޓީމުގައި
ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަކީ މާރިއާ ދީދީ އާއި އާއި އިމްތިޔާޒް ފަހުމީ
އާއި އަބްދުﷲ ހަސީނާއި
ހަސަން ލަތީފް އަދި ހިޝާން ހަސަން. އަރިހުގައި އެމްޑީޕީގެ ޕާލަމެންޓް މެންބަރުންނާއި
އެމަނިކުފާނަށް ތާއީދުކުރައްވާ ބަޔަކުވެސް ގޮސްތިބި.
ليست هناك تعليقات:
إرسال تعليق