މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން،
ފޮޓޯ، ހަވީރު އޮންލައިން
|
މޯލްޑިވްސް
ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހިންގަމުން އަންނަ ޓީވީއެމްގެ ނިއުސް އެންޑް
ކަރަންޓް އެފެއާޒްގައި ޕޮލިޓިކަލް ޑެސްކްގައި މަސައްކަތް ކުރަމުން އައި ނިއުކާސްޓަރުންތަކެއް އެ ކުންފުނީގެ ޕްލޭނިން
އެންޑް ޑިވޮލޮޕްމަންޓް ޑިޕާޓްމަންޓަށް ބަދަލުކޮށްފި.
ނަންހާމަކުރަން ބޭނުން ނުވާ ޓީވީއެމްގެ ނިއުސް ރޫމްގައި މަސައްކަތް ކުރަނިކޮށް ބަދަލުކުރި ސީނިއާ ޖާނަލިސްޓަކު ވިދާޅުވެފަވަނީ ނިއުސް ރޫމްގައި މަސައްކަތް ކުރަމުން ދަނިކޮށް ޕްލޭނިން ޑިޕާޓްމަންޓަށް ބަދަލުކުރީ ވަޒީފާ އަދާކުރަމުން ދިޔަ ޑިޕާޓްމަންޓް ބަދަލުވެއްޖެ ކަމަށް ބުނެ މެނޭޖްމަންޓުން ސިޓީއަކުން އެނގުމަށް ފަހު.
ނަންހާމަކުރަން ބޭނުން ނުވާ ޓީވީއެމްގެ ނިއުސް ރޫމްގައި މަސައްކަތް ކުރަނިކޮށް ބަދަލުކުރި ސީނިއާ ޖާނަލިސްޓަކު ވިދާޅުވެފަވަނީ ނިއުސް ރޫމްގައި މަސައްކަތް ކުރަމުން ދަނިކޮށް ޕްލޭނިން ޑިޕާޓްމަންޓަށް ބަދަލުކުރީ ވަޒީފާ އަދާކުރަމުން ދިޔަ ޑިޕާޓްމަންޓް ބަދަލުވެއްޖެ ކަމަށް ބުނެ މެނޭޖްމަންޓުން ސިޓީއަކުން އެނގުމަށް ފަހު.
"އަންގާފައިވަނީ ތަނަށް ލިބިފައިވާ ގެއްލުންތައް ބަލައި، އެތަންތަނުގައި ރެނދުލާފައި ހުންނަތަންތަން ބަލާފައި އެކަމާ ބެހޭ ރިޕޯޓެއް ހަދަން. މިހާރު އަޑުގެ އިމާރާތުގައި މަރާމާތު ކުރަން ޖެހޭ ތަންތަން ބަލަން އަންގާފައި އޮތީ. ފުރަތަމަ އެޑިޕާޓްމަންޓަށް ބަދަލުކޮށްފައި ވެސް ދެ ހަފްތާ މަސައްކަތް ކުރަން ޖެހުނު އިށީންނާނެ ތަނެއް ވެސް ނެތި. މި މަސައްކަތް މިކުރަނީ ކޮންމެހެން ކުރާ ހިތަކުން ނޫން. އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރީ މިހާރު ނިއުސް ރޫމްގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެމީހުންނާ މެދު ހިތް ހަމަނުޖެހޭތީ ކަމަށް ދެކޭ ކަމަށް"
ނިއުސް ރޫމުން ޕްލޭނިންގް ޑިޕާޓްމަންޓަށް ބަދަލުކުރި ގިނަ މީހުންނަކީ ކުރިން ޕޮލިޓިކަލް ޑެސްކްގައި ތިބި ގިނަ މީހުންކަން ފާހަގަކުރެވޭ. އެގޮތުން ނިއުސް ރޫމްގެ ހެޑެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު އަބްދުﷲ މިހާރު ހުރީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ހެޑަކަށް. އަދި ނިއުސް ކާސްޓާ ގްރޭޑް 1 ގެ މާގާމުގައި ހުރި އަހުމަދު ހައިދަރާއި ސީނިއާ އިންޕުޓް އެޑިޓާ އަހުމަދު މުހުޝިނާއި ނިއުސް ކާސްޓާ ގްރޭޑް 1 ރިލުވާން ޖަމާލާއި ނިއުސް ކާސްޓާ ގްރޭޑް 1 މުހައްމަދު ގާސިމް އަދި ނިއު މީޑިއާ އެޑިޓަރު ތޮއްޔިބު ޝަހީމް.
ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވިކަމަށް ސަންއެފްއެމްގައި ލިޔެފައިވާ ލިޔުމަށްގައިވަނީ (މިހާރު އެލިޔުންވަނީ ސަންއެފްއެމްއިން ނަގާފައި) "މެނޭޖްމަންޓަށް އޮންނާނެ ތަނަށް ފައިދާ ހުރި ގޮތަކަށް ތަނުގެ ސްޓާފުން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލު ކުރުމުގެ އިހްތިޔާރު، ނަމަވެސް ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު އެހެން ތަނަކަށް ބަދަލުކޮށްފިއްޔާ ވަރަށް ދެރަވާނެ. އެހެން ނަމަވެސް އެޕްރޮފެޝަންގެ ނާޖާއިޒު ބޭނުންކޮށް އެ ޕްރޮފެޝަނަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ މުވައްޒަފަކު ހުރި ނަމަ އެމީހަކު ބަދަލު ކުރާނެ،" މޮންދު ވިދާޅުވި ކަމަށް ސަން އެފް އެމް ގައިވޭ.
މީގެ އިތުރުންވެސް ޕްލޭނިން ޑިޕާޓްމަންޓުން މައިގަނޑު ގޮތެއްގައި ކުރަމުން ގެންދާނެ މަސައްކަތްތަކަކީ އެމްއެންބީސީގެ ދަށުން ހިންގަމުން އަންނަ ޓީވީއާ ރޭޑިއޯގެ ތަރައްގީއަށާއި ތަނުގެ ޑިވޮލޮޕްމަންޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތް ކަމަށް. އަދި އެޑިޕާޓްމަންޓްގައި ކޮންސްޓްރަކްޝަނާ ގުޅުން ހުރި މަސައްކަތްވެސް މުވައްޒަފުން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އާސިފް (މޮންދު) ވިދާޅުވެފައިވާ ކަމަށް ސަންގައިވޭ.
މިނިވަންކަމާއެކު
ނޫސްވެރިކަން ކުރަމުން އައިބަޔަކަށް އެފަދަ މަގާމަކަށް ބަދަލުކުރުމަކީ
ޒިންމާދާރުކަމާއެކު އެމްބީސީ ބޯޑުން ނިންމިކަމެއްތޯ މިއީ އަޅުގަނޑު ހިތުން ކޮންމެ
ނޫސްވެރިއެއްވެސް ކޮށްލާނެ ސުވާލެއް. ކޮމާޝިއަލް ބްރޮޑްކާސްޓަރަކުން ޕަބްލިކް
ބްރޮޑްކާސްޓަރަކަށް ޓީވީއެމް ބަދަލުކުރުމުން އޭގެ މާނައަކީ ތަނުގެ ނޫސްވެރިންތައް
ނަގާ ކޮޅުކޮޅަށް ބަދަލުކޮށްލުމެއް ނޫން.
ރަގަޅު،
ލިބިފައިވާ އިޚްތިޔާރުގެ ދަށުން އެކަން އެމްބީސީއަށް ކުރެވިދާނެ. އެކަމަކު
ދަންނަވަން މިއުޅެނީ ކުރިން އަޅުގަނޑު މިދެނެވި ނޫސްވެރިންތަކަކީ ވަކިކުލައެއް
ޖެހިގެންތިބެ މަސައްކަތް ކުރަމުން އަންނަ ބައެއްކަމަށް ގަބޫލް ކުރެވޭނަމަ
އެބޭފުޅުން ބަދަލު ކުރައްވަންވީ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާ ގުޅުން ހުރި
ބަޔަކަށްތޯއޭ؟
ވަކި
ޑިޕާޓްމަންޓަކަށް ބަދަލު ކުރި މި ދެންނެވި ނޫސްވެރިންތަކަކީ ރާއްޖޭގައި އެބައެއްގެ
ނަން ބުނުމުން ދަންނާނެ ގަދަރުވެރި ނޫސްވެރިންތަކެއްކަންވެސް އަޅުގަނޑު
ފާހަގަކޮށްލަން ބޭނުން.
ކިތަންމެ
އަޑު ބާރުކޮށް ތިމަންނަމެންނަކީ ވަކި ކުލައެއް ނުޖެހި ތިބެ މަސައްކަތް ކުރަމުން
އަންނަ ބައެއްކަމަށް އެމްބީސީ ބޯޑު މެންބަރުން ބުނިކަމުގައިވިޔަސް
އަޅުގަނޑު ދަންނަވާނީ ތިބޭފުޅުންގެވެސް ފަސްބައި ބައްލަވާލީމަ ހުރީ
ކޮންކުލައެއްކަން ރަގަޅަށް ފެނިވަޑައިގަންނަވާނެއޭ. އެބޯޑަށް ލިބިފައިވާ ބާރުގެ
ބޭނުން ނޫސްވެރިންތަކަކަށް މިގޮތަށް ބޭނުން ކުރުމުން އެބޯޑުގެ ހަގީގީ މަގްސަދާ
މެދު ސުވާލުއުފެދޭ.
ނޫސްވެރިންގެ
ޖަމްއިއްޔާއެއް ކަމަށްވާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން މިފަދަ ކަންތައްތައް
ނުފެންނަކަމީވެސް އެޖަމްއިއްޔާގެ މަގްސަދާމެދުވެސް ސުވާލު އުފެދޭކަމެއް. އަޅުގަނޑު
އެޖަމްއިއްޔާއެއްގެ ބޯޑު މެންބަރުކަންވެސް އަދާކޮށްފައިވާ މޯލްޑިވްސް ޖާނަލިސްޓް
އެސޯސިއޭޝަންއަށް އަޅުގަނޑު ގޮވާލަނީ އެޖަމްއިއްޔާއަކީ މިނިވަން ތަނެއްގެ ގޮތުގައި
އޮތުމަށް މަސައްކަތް ކުރަންވެއްޖެއޭ. ސިޔާސީ ވަކި ބައެއްގެ ދަށުން މަސައްކަތް ކުރާ
ބައެއްގެ ގޮތުގައި ނޫނީ ވަކި ސަރުކާރެއް ހިމާޔަތްކުރުމަށް މަސައްކަތް
ކުރާކަމުގައިވާނަމަ އެ އެސޯސިއޭޝަން މިހާރުން މިހާރަށް އުވާލުމަށްވެސް އަޅުގަނޑު
ގޮވާލަން. އަދި މިނިވަން ނޫސްވެރިކަން ކުރުމަށް ހުރި ގޮންޖެހުންތަކަށާއި ޚަބަރު
ފެތުރުމުގައި ހުރި ދަތިތައް އެޖަމްއިއްޔާއިން ނުބެލޭނަމަ އެމްޖޭއޭގެ ބޯޑު
މެންބަރުން އިސްތިއުފާ ދިނުމަށްވެސް އަޅުގަނޑު ގޮވާލަން. އަޅުގަނޑު ނުދެކެން
އެމްޖޭއޭ ވެގެންދާނީ ހަމައެކަނި މުހައްމަދު ނަޝީގެ ވެރިކަމުގައި ނޫސްވެރިންނަށް
ދިމާވާ ދަތިތަކަކަށް ނޫސްބަޔާން ނެރޭ ޖަމްއިއްޔާއެއްގެ ގޮތުގައި. އަޅުގަނޑު ހިތާމަ
ކުރަން މިއަދު އެމްޖޭއޭގެ ބޯޑު މެންބަރުންނަކީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި
ގިނަ ދުވަސްވި އަދި ފާހަގަ ކުރެވޭ ނޫސްވެރިިންތަކަކަށް ވުމާއެކު
މިފަދަކަންކަމުގައި އެމްޖޭއިން "ހައްޕު" ކިޔައިގެން ތިބޭތީ.