ގަލޮޅު އުތުރ ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ. |
އައިޕީޔޫގެ އަންހެން ޕާލިމެންޓްރީ މެންބަރުން ކޮމިޓީގެ މެންބަރަކަށް ހޮވިފައިވަނީ، ގަލޮޅު އުތުރ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އީވާ ޢަބްދުﷲ.
މާރޗް
31 އިން އޭޕްރިލް ފަހަކަށް ކަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާ ގައި ކުރިޔަށްދާ
126 ވަނަ އިންޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ އަހަރީ ޖެނެރަލް އެސެމްބްލީގެ މުހިންމު އެއްބައިގެ
ގޮތުގައި އެޖެންޑާ ކުރެވިފައިވަނީ
އައިޕީޔޫގެ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މަގާމްތަކަށް މެމްބަރުން
ހޮވުން.
އީވާ
ޢަބްދުﷲ މިމަގާމަށް ހޮވިވަޑައިންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ
ޝާހިދު ހުށަހަޅުއްވައި، އައި.ޕީ.ޔޫގެ އޭޝިއާ ޕެސިފިކް ގްރޫޕުގައި ހިމެނޭ ހުރިހާ
ގައުމުތަކެއްގެ އިއްތިފާޤުން ތާއިދު ކުރެއްވި ކެންޑިޑޭޓްގެ ގޮތުގައި ވާދަ
ކުރައްވައި ގެން.
އަންހެން
ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީ އަކީ ބައިނަލް އަޤްވާމީ ޕާލިމަންޓް
ތަކުގެ ޖަމިއްޔާ ( އައި.ޕީ.ޔޫ) ގައި ހިމެނޭ 159 ގައުމުގެ ހުރިހާ އަންހެން
ޕާލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީއެއް.
އީވާ
އަބްދުﷲ ހިމެނިވަޑައިންނަވާނީ 123 އަހަރުވީ މިޖަމިއްޔާގެ މަގާމަކަށް
އިންތިޚާބްވެވަޑައިގެންނެވި ފުރަތަމަ ދިވެހި މެމްބަރަށް.
ليست هناك تعليقات:
إرسال تعليق