މަޖިލީހުގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ
ނައިބް ރައީސް އަހުމަދު ނާޒިމް
|
ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާހަގަކޮށްފި.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުންގެ ވާހަކައިގައި މުޅި ގައުމު
ބިނާވެފައިވަނީ ނާޒުކު އިގްތިސާދެއްގެ މައްޗަށް ކަމަށާއި ދުވަހުން ދުވަހަކަށް
ގައުމުގެ އިގްތިސާދު ދަށަށްދާކަން ފާހަގަކޮށްފައިވޭ. އެގޮތުން ރައްޔިތުންނަށްދޭ
އަސާސީ ޚިދުމަތްތައް އޮންނަނީ އެންމެ ރަގަޅަށް ނޫންކަމަށާއި ކިތައްމެ ރަށެއްގައި
އެއަސާސީ ޚިދުމަތް ނުދެވިފައިވާ އެތައްބަޔަކު ތިބިކަން ފާހަގަކޮށްފައިވޭ.
މެންބަރަކުވަނީ މިއަދު ރާއްޖެއަށް އައިސްފައިވަނީ
އިގްތިސާދީ ގޮތުންބަލާނަމަ ސްޓެގްފްލޭޝަނެއްކަމަށްވެސް ވިދާޅުވެފަ. އެގޮތުން މިކަހަލަ ހާލަތެއްގައި އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެފައި އިކޮނަމިކް ގްރޯވްތު
ދަށްވާނެކަމަށާއި އަދި މިކަންތައްތައް ހައްލުކުރުމަށްޓަކައި ސްޓެގްފްލޭޝަން
ދަށްކުރުމަށްޓަކައި އަދި ވަޒީފާނެތުން މަދުކުރުމަށްޓަކައި މަސައްކަތް ކުރިވަރަކަށް
އިގްތިސާދީ ހީނަރުކަން ދާނީ އިތުރު ވަމުންކަމަށް ވިދާޅުވި. އަދި ފަތުރުވެރިކަން
ފަދަ ޚިދުމަތްތަކުގެ ދާއިރާގެ މައްޗަށް ބަރޯސާވެގެން ބެލްންސް އޮފް ޕޭމެންޓް
ހަމަޖައްސާ ގައުމުތަކަށް މިކަހަލަ ކަންތައްތަކުގެ ސަބަބުން ދިމާވާ މައްސަލަތައް
ބޮޑުކަންވެސް އެ މެންބަރު ފާހަގަކުރެއްވި.
ބައެއް މެންބަރުން ވިދާޅުވީ، ރާއްޖެއަށް
އާންމުދަނީ ލިބޭވަރާއި އާންމުދަނީގެ ޚަރަދުތައް ބައްޓަންކޮށްފައިވާ ގޮތާއި
ދައުލަތުގެ ބަޖެޓް ބަޖެޓްހަމަޖެހިފައިވާ ގޮތާއި
ދައުލަތަށް އިތުރު އާންމުދަނީ ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭކަމަށް.
އިންފްލޭޝަން އިތުރުވެ ދައުލަތުގެ ޚަރަދު ފޫނުބެއްދޭކަމަށްބުނެ ބައެއް
މެންބަރުންވަނީ ޑިއުޓީ ބޮޑުކުރުމަށްވެސް ގޮވާލައްވާފަ.
ليست هناك تعليقات:
إرسال تعليق