ބަޖެޓްގެ
ދަތިކަން ކުރިމަތިވެ އާސަންދައިގެ ޚިދުމަތް ދޭނެ ފައިސާނެތި ފަނޑިޔާރުންނަށް
އިނާޔަތްދޭނެ ފައިސާނެތި އަދި ފައިސާ ނެތިގެން ގައުމުގެ އިޖްތިމާއީ ތަރައްގީ
ހުއްޓިފައިވާ ކަމަށް ތަކުރާރުކޮށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަކަ
ދެއްކެވުމަށްފަހު މަސައްކަތް ނުކުރާ މަހުވެސްކޮމިޓީއެލެވެންސްގެ ގޮތުގައި ވިހި
ހާސްރުފިޔާ މެންބަރުންނަށް ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި.
އަމިއްލައަށް
މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ކޮންމެ މަހަކު މުސާރައާއި އިނާޔަތްތަކުގެ
ގޮތުގައި އައްޑިހަ ފަސްހާސް ރުފިޔާއާއި އާސިޔާންގެ ގައުމުތަކުން ބޭސްފަރުވާ
ހޯއްދަވަމުން ގެންދަވާ މެންބަރުން ކޮމިޓީގެ މަސައްކަތް ނުކުރައްވާ ގޭގައި ތިއްބެވި
ދުވަސްވަރަށްވެސް ކޮމިޓީ އެލަވަންސްގައި ގޮތިގައި ވިހިހާސް ނެންގެވުމަށް
ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތުން.
މަޖިލީހުގެ
ހުރިހާ މެމްބަރުންނަށް ވިހި ހާސް ރުފިޔާގެ ކޮމެޓީއެލަވަންސް ނެގުމަށް މަޖިލީހުގެ
މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު މިކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަ
ދައްކަވާފައިވާކަން އެނގިފައެއްނުވޭ. މަސައްކަތަށް ވަޑައިގަތަސް ނުގަތަސް ބޮޑު
މުސާރައާއި އިނާޔްތަތަކާއި ސިއްހީ ފަރުވާތައް އުނިއިތުރުވުމެއްނެތި ރައްޔިތުންގެ
ފައިސާއިން ރައްޔިތުންގެ މެންބަރުންނަށް ކޮންމެ މަހަކު ދެމުން ގެންދާއިރުވެސް ކޮންމެ
ދުވަހަކުވެސް މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލަމުން ގެންދާއިރު
މެންބަރުން ތިއްބަވަނީ ކުޑަދަށުގައިކަން މަޖިލީހުގެ ރިޔާސަތުންވެސް ވަނީ ފާހަގަ
ކުރައްވާފައި.
ކޮމިޓީއަށް ވަޑައިގަތަސް ވަޑައިނުގަތަސް މަޖިލީހުގެ އިއްޒަތްތެރި
މެންބަރުން 20000 ރުފިޔާގެ އެލަވަންސްނަންގަވަން ފާސްކުރިއިރު އެކަމަށް ދައުލަތުގެ
ބަޖެޓުން މަހަކު1.5 މިލިއަން
ރުފިޔާ ހޭދަކުރަންޖެހޭއިރު ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ބަޖެޓު
ކުރެވިފައިވާ މިންވަރަށްވުރެ މަދުވާ ދެމިލިއަނެއްހާ ރުފިޔާ ހޯދާނެ ގޮތެއް ނޭގިގެން
މެންބަރުން ބަހުސް ކުރައްވައި އެކަން އެކިފަރާތްތަކުގެ ބޮލުގައި އަޅުވަމުން
ގެންދިއުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމުގައި ބައެއް ފަރާތްތަކުންދެކޭ.
މަޖިލިސް
މުއަހަރަށް ހުޅުވަން ހަމަޖެހިފައި އޮތް މާޗްމަހުގެ އެއްވަނަ ދުވަހު އެމްޑީޕީގެ
މެންބަރުން މަޖިލިސް ބޭއްވުމަށް ހުރަސްއެޅުމުގެ ސަބަބުން މަޖިލިސް ނުބާއްވާދިޔަ މާޗް
މަހު ވެސް މެންބަރުބަރުންނަށް ކޮމެޓީ އެލަވަންސް ދިނުމަށް މާލިއްޔަތު ކޮމިޓީގައި ވޯޓު
ދެއްވީ އޭދަފުށީދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމާއި ނޮޅިވަރަމް ދާއިރާގެ
މެމްބަރުމުހަންމަދު ނަޝީދު، ކާނަލްއާއި އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒް އަދި
ހުޅުމީދޫދާއިރާގެ އިލްޔާސް ލަބީބް. ވޯޓު ނުދެއްވަނީ ވިލުފުށީ ދާއިރާގެ
މެމްބަރުރިޔާޒް ރަޝީދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު
އަދިކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ.
މަޖިލީހުގެ
މެންބަރުންގެ ސަބަބުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނުބޭއްވިމަހެއްހާ
ދުވަސް ވަންދެން މެންބަރުން އަތްއުރާލައްވައިގެން ގޭގައި ތިއްބެވުމަށްފަހު ކޮމިޓީ
މަސައްކަތަށް ލިބިވަޑައިގަންނަވާ 20 ހާސް ރުފިޔާ ނަންގަވަން ނިންމެވިއިރު
މެންބަރުން ކޮންމެ ދުވަހަކުހެން މަޖިލީހުގައި ދައްކަވަނީ ބަޖެޓް ނެތިގެން،
އިގްތިޞާދީ ހާލަތު އޮތްގޮތުން އާސަންދައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި
ކުރިއަށް ނުގެންދެވޭނެ ވާހަކައާއި މިނިވަން މުއައްސާތަކަށް ދޭ މުސާރައާއި ބަޖެޓް
ބޮޑު ވާހަކައާއި ފަނޑިޔާރުންނަށް ދޭ މުސާރައާއި އިނާޔަތްތައް ބޮޑުވާހަކައާއި
ދައުލަތުގެ ބަޖެޓުން އިތުރު އެއްވެސް އެލަވަންސެއް ޚަރަދެއް ކުރެން ނެތް ވާހަކަ.
މެންބަރުން މުސާރައާއި އިނާޔަތް ނަންގަވަން ވީމާ ބަޖެޓުގައި ފައިސާ ހުރެފައި
ރައްޔިތުންނަށް ފައިސާ ދޭންވީމުންނާއި މިސްކިތްތައް މަރާމާތު ކުރަން ޖެހުމުން
ބަޖެޓު ތާށިވެ ނާށިގަނޑު ހިފައިގެން ނުކުންނަން ޖެހުމަކީ މެންބަރުންގެ ބަހާއި
އަމަލު ދިމާނުވާ ކަމުގެ ހެއްކެއް ކަމުގައި މަޖިލިސް ދިރާސާކުރައްވާ ފަރާތްތަކުން
ވިދާޅުވޭ.
wow, nice article. i like it
ردحذفamilla ah musaara nagain thibey alaathun aee. ehves kameh nukohdey rahyyithu meehaa ah.
ردحذف