ލަދުންތިބެ އދ. ގެ ގައުމީ މަޖިލީހުން ނުކުންނަންޖެހުނަސް ފަލަސްތީނުގެ
ނިންމުމަކީ މިނިވަން ދައުލަތަކަށްވުމަށް އދ.ގެ ޢާއްމު މަޖިލީހަށް މިފަހަރު ހުށަހެޅުން.
ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ބަހަށް ބޯނުލަބައި އެންމެ އަނިޔާވެރި ޔަހޫދީ އިޒްރޭލުންގެ
ވެސް ބަސް ގަބޫލްނުކޮށް ފަލަޞްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުން
އެދި އަންނަ ހުކުރުދުވަހު އދ.ގެ ޢާއްމު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް
ފަލަޞްޠީނުގެ ރައިސް މަޙްމޫދު ޢައްބާސް ވަނީ ވިދާޅުވެފައި. އަދި ކެނޑިނޭޅި
އެމެރިކާއާއި، އިސްރާއީލާއި ވިލާތުގެ އިއްތިޙާދުން ހުއްޓުމެއްނެތި
ވާހަކަދައްކަމުންދާއިރު، ފަލަޞްޠީނުން އެވާހަކަތަކަށް ދެމުން އަންނަނީ
ބީރުކަންފަތެއް.
އެމެރިކާއާއި އިސްރާޢިލުން ފަލްސްޠީނުގެ މި ހުށެހެޅުން ފަސްކުރާނެ ކަމަށް
ގަބޫލް ކުރިނަމަވެސް ފަލަޞްޠީނުން ބުނެފައިވަނީ މިކަން ހުއްޓާލުން މިހާރު މާ
ލަސްވެއްޖެ ކަމަށް. މެދުއިރުމަތީގެ ސުލްޙަޔަށް މަސައްކަތްކުރާ ކުއާރޓެޓްގެ ޚާއްސަ
މަންދޫބު ޓޯނީ ބްލެއަރ، ވިދާޅުވެފައިވަނީ ފަލަޞްޠީން-އިސްރާއީލްގެ މައްސަލައިގައި
މަޝްވަރާތަކަށް ދާ ވާހަކަ އަކީ ޙަޤީޤަތުގައިވެސް މަޝްވަރާކޮށް، މިކަން ޙައްލު
ކުރުމަށް ކަމަށް ފަލަޞްޠީނަށް ޔަޤީންކޮށްދޭން ޖެހޭކަމަށް. މަޝްވަރާތައް ބާއްވާނެ
ގޮތުގެ ޕްލޭނަކާއި، ވަގުތުތައްވެސް ކަނޑައަޅައި، މަޝްވަރާކުރާނެ މައްސަލަތައް،
އޭގެ ތެރޭގައި ސަރަޙައްދީ ރޮނގާއި، އަލްޤުދުސްއާއި، ރެފިއުޖީންނާއި، ސަލާމަތީ
ކަންކަންވެސް ހިމަނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި.
ކަންމިހެން އޮތްއިރު އިސްރާއީލުން ބުނެފައިވަނީ ޢާއްމު މަޖިލީހަކީ ދައުލަތެއް
އުފެއްދުމުގެ ބާރުލިބިގެންވާ މަޖިލީހެއް ނޫން ކަމަށާއި، ދައުލަތެއް ބަލައިގަތުމުގެ
ބާރު އޮންނަނީ ހަމައެކަނި ސަލާމަތީ މަޖިލީހަށް ކަމަށްވެފައި، ސަލާމަތީ
މަޖިލީހުގައި ފަލަޞްޠީނަށް މެޖޯރިޓީ ނޯންނައިރު، ފަލަޞްޠީނަށް އދ.ގެ ތެރެއިން
މިކަން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް. ފަޞްޠީނު މިނިވަން ދައުލަތަކަށް
ވުމަށް ކުރަމުންދާ މަސައްކަތުގައި އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް
ގޮންޖެހުމަކީ ޤައުމުގެ މާލީ ޙާލަތު ދަށްވުން. އެމެރިކާއިން ފަލަސްތީނަށް މާލީ
ގޮތުން ދެމުން އަންނަ އެތަކެއް ސަތޭކަ ޑޮލަތުގެ އެހީވެސް އެމެރިކާގެ ކޮންގްރެސް
އިން ކަނޑާލުމުގެ ބިރު ހީވެފައިވާއިރު އިޒްރޭލުގެ ޚާރިޖީ ވަޒީރު އެވިގްދޯރް
ލީބަމަން ވަނީ އިގްތިސާދީ ގޮތުން ފަލަސްތީނަށް އެއްބާރުލުން ދިނުމަށް 1994 ވަނަ
އަހަރު ގާއިމް ކޮށްފައިވާ އެއްބަސްވުން އުވިގެންދާނެ ކަމުގެ އިންޒާރުވެސް ދީފަ. އިޒްރޭލުގެ
ޑެޕިއުޓީ ފޮރިން މިނިސްޓަރވެސް ވަނީ ފަލަސްޠީނުން އދ. އަށް ހިގައްޖެނަމަ ފައިސާގެ ދަތިކަން
ދިމާވާނެ ކަމަށް ވިދާޅުވެފަ. އަދި އެގައުމުގެ ފޮރިން މިނިސްޓަރ ވަނީ ފަލްސްޠީނާ
ދެކޮޅަށް މާލީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ. އިޒްރޭލުންދަނީ
މިކަމުގައި ފަލަސްތީނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ހުޅަނގު އައްސޭރީގައި
ޔަހޫދީންނަށް އިތުރު ގެތައް ބިނާކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލާ ފަލަސްތީނަށް
ބިރުދައްކަމުން. މާލީގޮތުން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ފަލަސްތީނަށް އެހީގެ
ގޮތުގައި 200 މިލިޔަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ވަނީ
ބުނެފައި.
އިޒްރޭލާ ފަލަސްތީންގެ ދެމެދުގައި މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ
މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި.
ليست هناك تعليقات:
إرسال تعليق