9/07/2011

އެމްޑީޕީގެ ރޭގެ ޖަލްސާގެ އަމާޒަކީ ރައީސް މައުމޫންގެ ޕީޕީއެމްއަށް ރަށްދު ދިނުން

ހެދިގޮނޑުދޮށުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދަޅުވީ ގައުމުގެ ތާރީޚުގައި ކަންހިގާފައިވާގޮތް ވަރަށް ރަގަޅަށް އެގިލައްވާކަމަށާއި ދެން މައުމޫން އަބްދުލް ގައްޔޫމަށް މިޤައުމުގެ ވެރިކަމަށް ވަޑައިނުގެންނެވޭނެކަމަށް.  

ރައީސް ނަޝީދުގެ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުކުރުމުގެ ސިޔާސަތުގެ ދަށުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މައުމޫން އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން އުޅުމަކީ އެބޭފުޅުން ކަންބޮޑުވާ ކަމެއް ނޫން ކަމަށް. އަދި މައުމޫން ސިޔާސީ ގޮތުން ކުރައްވާ އެއްވެސް ކަމެއްގެ ގެއްލުން ދިވެހި އެއްވެސް ރައްޔިތަކަށް ނުލިބޭނެކަމަށާއި ޒައީމް މައުމޫނަށް އަރުވަންޖެހޭ އިއްޒަތާއި ޝަރަފް މައުމޫންނަށް އަރުވަންޖެހޭނެކަމަށް.

ރައީސް މައުމޫންގެ ސިޔާސީ ޕަޓީއަށް ފާޑުވިދާޅުވެ ވަހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރ އަލްހާން ފަހުމީ ވިދާޅުވީ "އެއީ ސީދާ މިލްކުވެރިކަން ސާބިތުކޮށް ތިމަންނަގެ ދަރިންނަށް ވާރުތަކޮށްދިނުމަށްޓަކައި ހިންގޭ ޖަރީމާއެއް" ކަމަށް.
އަލްހާން ވިދާޅުވީ ޖާނާއި މާލު ގުރުބާންކޮށްގެންނަމަވެސް މައުމޫނާއި އޭނާގެ އާއިލާ ވެރިކަމަށް އަޔަނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް.

ދަތުގެ ޑރ.، ޑރ. ޑީޑީ ވިދާޅުވީ މައުމޫން އުފެއްދެވި ޕާޓީއަކީ ދަތްހުރި ޕާޓިއެއް ނޫންކަމަށާއި ދަތް ހުރީ އެމްޑީޕީގައި ކަމަށާއި އަދި ދަތް ޖެހޭނީވެސް އެމްޑީޕީގައި ކަމަށް.

ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ގިނަ ބޭފުޅުންވަނީ މައުމޫނާއި އޭނާގެ އާއިލާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ. އެގޮތުން ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޕާޓީ އަކީ "ތަރިކަ ޕާޓިއެއް" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ކިޔާފަ.

هناك تعليق واحد:

  1. varah salhi basthakai jumlathah emuni ekulavaalafa huri goi

    ردحذف